މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސްގެ ޗެއާޕާސަންގެ މަގާމަށް މުނީޒާ

ޑރ. އައިޝަތު މުނީޒާ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ: ފޮޓޯ/ އަސުރުމާ

މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑްގެ ޗެއާޕާސަނަކަށް ޑރ. އައިޝަތު މުނީޒާ ހަމަޖައްސަވައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، މުނީޒާ އެ މަގާމަށް ހަމަޖެއްސެވީ މިއަދު ކަމަށެވެ.

މުނީޒާއަކީ ބޭންކިން ލޯގެ ދާއިރާއިން މާސްޓާސް ޑިގްރީ އަދި ޑޮކްޓަ އޮފް ފިލޯސަފީން އިން ލޯ ހައްދަވާފައިވާ ބޭފުޅެކެވެ.

ރާއްޖޭގައި އިސްލާމިކް ފައިނޭންސް ހިމެނޭ ހުރިހާ ކުންފުންޏެއްގައި ކަހަލަ ގޮތަކަށް މުނީޒާ ގެންދަވަނީ މަސައްކަތް ކުރައްވަމުން ނެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގައި ކޮންސަލްޓެންޓެއްގެ ގޮތުގައި ވެސް މުނީޒާ ގެންދަވަނީ މަސައްކަތް ކުރައްވަމުން ނެވެ.

comment ކޮމެންޓް