މާލޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި

މާރާމާރީ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

މާލޭގައި މިރޭވެސް މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި އެވެ.

ހެންވޭރުގައި މާރާމާރީ ހިންގާފައި ވަނީ ސައިކަލުގައި އައި ތިން މީހަކު، ވައިޖެހޭ މަގުގައި ހުރި މީހެއްގެ ގައިގައި ތަޅައިގަނެގެންނެވެ.

މާރާމާރީ ހިނގި ސަރަހައްދު -- ސަން ފޮޓޯ: ފަޔާޒު މޫސާ

އެ މާރާމާރީގައި އަނިޔާވެފައިވާ މީހާ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު އޭނާއަށް ސީރިއަސް ޒަހަމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާރާމާރީ ހިންގި މީހުން ސައިކަލުތައް ދޫކޮށްލާފައި ފިލާފައިވާ ކަަމަށެވެ. އަދި އެ ތިން ސައިލަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން އަންނަނީ މިހާރުވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މާރާމާރީ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

އޭޕްރީލް މަހުގެ ފަހުކޮޅުގައިވެސް ވަނީ މާލޭގައި ދެ ގްރޫޕު މާރާމާރީއެއް ހިންގައިފަ އެވެ.

comment ކޮމެންޓް