އީވޯ ފްލޯރިންގައި ވެސް ރޯދަ ޕްރޮމޯ: 20 ޕަސަންޓު ޑިސްކައުންޓާ، އިންސްޓޯލޭޝަން ހިލޭ!

އީވޯ ފްލޯރިންގ ފިހާރަ -- ސަން ފޮޓޯ/މުހައްމަދު އަފްރާހު

އީވޯ ގްރޫޕުން މާލޭގައި ހިންގާ "އީވޯ ފްލޯރިން"ގައި، 20 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.

ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި ހުންނަ އީވޯ ފްލޯރިން އިން، އެކި ބާވަތްތަކުގެ ފްލޯރިން ޕްރޮޑަކްޓްސް ލިބެން ހުންނާނެ އެވެ.

އެތަނުގައި ލަކުޑި ފްލޯރިން އާއި ޑެކިންގެ އިތުރުން ޓައިލްސް ވެސް ލިބެން ހުރެ އެވެ. އަކަ ފޫޓެއް 20 ރުފިޔާ ހެޔޮ އަގުގައި ވެސް ބައެއް ޕްރޮޑަކްޓްސް އެތަނުގައި ހުރެ އެވެ.

އީވޯ ފްލޯރިންގައި މި ހަފްތާގައި ފެށި ރޯދަ ޕްރޮމޯޝަން ކުރިޔަށް އޮތް މަސް ދުވަސް ވަންދެން ކުރިޔަށް ދާ އިރު، ޕްރޮޑަކްޓްތަކުން 20 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. މީގެ އިތުރުން ފްލޯރިން އިންސްޓޯލު ކޮށްދިނުމުގެ ޚިދުމަތް މުޅިން ހިލޭ ލިބޭނެ އެވެ.

އީވޯ ފްލޯރިންއިން ލިބެން ހުންނަ ޕްރޮޑަކްޓްސްއަކީ ވެސް، ޖަރުމަނުންނާއި ވިލާތުގެ އެހެނިހެން ގައުމުތަކުން ރާއްޖެ އެތެރެކޮށްފައިވާ ޕްރޮޑަކްޓްސް އެވެ.

މީގެ ކުރިން "ސަން" ދެއްވި އިންޓަވިއުއެއްގައި އީވޯގެ މާކެޓިން މެނޭޖަރު ރިޒްމާ ރަޝީދު ވިދާޅުވީ، އީވޯ ފްލޯރިންގެ ޕްރޮޑަކްޓްތަކަކީ އިންސްޓޯލު ކުރުމަށް ފަސޭހަ ތަކެތި ކަމަށެވެ.

"ފްލޯރިންގެ ބްރޭންޑުތަކަކީ ވެސް ޖަރުމަނު ބްރޭންޑްސްތަކެއް. މިތަކެތީގައި ހުންނާނީ ކްލިކް ސިސްޓަމެއް. ވަރަށް ފަސޭހައިން އިންސްޓޯލްކޮށް، ޑިސްމެންޓަލް ކުރެވޭނެ. އެކަތި ގެ މައްޗަށް އަނެކަތި ލާފައި ކްލިކްއެއް ކޮށްލީމާ ފްލޯރިންގ އިންސްޓޯލް ކުރެވޭނެ. މިއީ ވަރަށް އިނޮވޭޓިވް، އަދި އިންސްޓޯލްކުރަން ފަސޭހަ ޓެކްނީކެއް،" ރިޒޫ ވިދާޅުވި އެވެ.

އީވޯ ފްލޯރިންގެ ސްޓޮކު މާލޭގައި ހުރެ އެވެ. ކަސްޓަމަރުން ބޭނުންވާ ކުލައަކާއި މެޓީރިއަލެއް ލިބެން ހުންނާނެ އެވެ.

"ސްޓޭންޑާޑް ފްލޯރިންގސްތަކެއް ސްޓޮކުގައި ހުންނާނެ. އެކަމަކު ބައިވަރު ކުލަތައް ހުންނާނެ އެވެއިލަބަލް ކޮށް، މާލޭގައި ވަގުތުން ޑެލިވާ ކުރެވޭ ގޮތަށް. މާލެއިން ލިބެން ނެތް ކުލަތަކާއި މެޓީރިއަލްތައް ޕްރީ އޯޑާ ކުރެވޭނެ،" ރިޒޫ ވިދާޅުވި އެވެ.

އީވޯގެ ފްލޭގްޝިޕް ފިހާރަ އީވޯ ހޯމްގައި ވެސް ވަނީ ރޯދަ ޕްރޮމޯ ފަށައިފަ އެވެ. މި ޕްރޮމޯޝަނުގައި 50 ޕަސަންޓާ ހަމައަށް ޑިސްކައުންޓުގެ އިތުރުން، އަގުހުރި އެތައް އިނާމުތަކެއް އީވޯއިން ކަސްޓަމަރުންނަށް ހުށަހަޅަ އެވެ.

comment ކޮމެންޓް