މެމްބަރު ޔާމީންގެ މައްޗަށް ދަރަނީގެ މައްސަލައެއްގައި ދައުވާ އުފުލައިފި

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ---- ފޮޓޯ: މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީންގެ މައްޗަށް ދަރަނީގެ މައްސަލައެއްގައި ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދައުވާ ކޮށްފި އެވެ.

ޔާމީންގެ މައްޗަށް ދައުވާކޮށްފައި ވަނީ ރަހުނު ނުހިމެނޭ ލޯނެއްގެ މައްސަލާގައެވެ. އެ މައްސަލައިގެ ތަފްސީލު އަދި ނުލިބެއެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ 1:40 އަށް ސިވިލް ކޯޓުގައި ވަނީ ތާވަލްކޮށްފައެވެ.

މިކަމާ ބެހޭގޮތުން ޔާމީންގެ ގާނޫނީ ވަކީލު މޫސާ ސިރާޖު މިރޭ ސަން އަށް ވިދާޅުވީ ޔާމީން ވަނީ އެ ލޯނަށް ދައްކަންޖެހޭ ފައިސާ ދައްކާފައި ކަމަށާއި މާދަމާ ބީއެމްއެލް އިން އެ މައްސަލަ އަނބުރާ ގެންދާނެ ކަމަށެވެ.

comment ކޮމެންޓް