މާލޭގައި ދެ ގްރޫޕެއްގެ ދެމެދު މާރާމާރީއެއް ހިންގައިފި އެވެ.
މިރޭ، ހެންވޭރު ދަނޑުކައިރީ ގައި ހުންނަ ޕީސީ ވޯލްޑް ފިހާރަ ކައިރީ ހަތަރު އަނގޮޅި ކަންމަތީގައި ހިންގި އެ މާރާމާރީގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް އަދި ސާފެއް ނުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާރާމާރީއެއްގެ ރިޕޯޓެއް ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އިތުރު މައުލޫމާތު އަދި ނުލިބޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_146177122921opY7.jpg)
މިރޭ މާލޭގައި ހިންގި މާރާމާރީ -- ސަން ފޮޓޯ: ކިޔުންތެރިއެއް
މަންޒަރުދުށް ބައެއް މީހުން ސަން އަށް ބުނީ، މާރާމާރީ ހިންގާފައި ވަނީ ދެ ގްރޫޕެއްގެ ދެމެދުގައި ކަމަށާއި، މާރާމާރީގައި ގާތްގަނޑަކަށް ވިއްސަކަށް މީހުން ބައިވެރިވި ކަމަށެވެ.
އަދި އެމީހުންގެ އަތުގައި ލަޓިބުރި އާއި، ދަނގަޑު ހޮޅިތައްވެސް ހުރި ކަމަށް މަންޒަރުދުށް މީހުން ވަނީ ބުނެފަ އެވެ.
މިރޭ މާލޭގައި މާރާމާރީއެއް ހިންގާފައި ވާއިރު، މިދިޔަ ހޯމަ ދުވަހުގެ ރޭވެސް ހެންވޭރު މާޑުގަރާޖު ކައިރީގައި ދެ ގްރޫޕަކުން ވަނީ މާރާމާރީ ހިންގާފަ އެވެ.