އިސްކަންދަރު ބަލިކޮށް، 16 އަހަރުންދަށުގެ ޗެމްޕިއަންކަން މުހުޔުއްދީން ހޯދައިފި

މައިލޯ އިންޓަ ސްކޫލް ކްރިކެޓް ލީގުގެ 16 އަހަރުންދަށުގެ ފައިނަލުގައި މުހިއްޔުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މުހުޔުއްދީން މޮޅުވީ 70 ލަނޑުން --- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މައިލޯ އިންޓަ ސްކޫލް ކްރިކެޓް ލީގުގެ 16 އަހަރުން ދަށުގެ ފައިނަލުގައި އިސްކަންދަރު ސްކޫލްގެ މައްޗަށް ކުރި ހޯދައި، މުހްޔިއްދީން ސްކޫލް ޗެމްޕިއަންކަން ހޯދައިފި އެވެ.

ކުޅިވަރު އެކުވެނި އެއް ނަންބަރު ދަނޑުގައި މިއަދު ކުޅުނު އެ މެޗުގައި އިސްކަންދަރުގެ މައްޗަށް މުހްޔިއްދީން ކުރި ހޯދީ 70 ލަނޑުންނެވެ.

މައިލޯ އިންޓަ ސްކޫލް ކްރިކެޓް ލީގުގެ 16 އަހަރުންދަށުގެ ފައިނަލުގައި މުހުޔުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މުހްޔިއްދީން މޮޅުވީ 70 ލަނޑުން --- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މެޗުގެ ޓޮސް ދިމާވެގެން މުހްޔިއްދީން ގަސްދު ކުރީ ކުޅުމަށެވެ. މުހްޔިއްދީން ކުޅެން އަރައި، ހަ ކުޅުންތެރިން ނުބައިވެގެން 131 ލަނޑު ހެދި އެވެ. އިސްކަންދަރުގެ އަޒިޔަން ދެ ވިކެޓް ނެގިއިރު، މަޑުޝަންކަރު އަދި ލޫތު، ކޮންމެ ކުޅުންތެރިޔަކު ވިކެޓެއް ނެގި އެވެ.

ޖަވާބުގައި އިސްކަންދަރު ކުޅެން އަރައި، ހުރިހާ ކުޅުންތެރިން ނުބައިވެގެން 9.2 އޯވަރުގެ ތެރޭގައި ހެދުނީ 61 ލަނޑެވެ. މުހްޔިއްދީންގެ އިރުފާނާއި ރައްސާމް ހަތް ވިކެޓް ނެގި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މުހްޔިއްދީންގެ ރައްސާމެވެ.

މައިލޯ އިންޓަ ސްކޫލް ކްރިކެޓް ލީގުގެ 16 އަހަރުންދަށުގެ ފައިނަލުގައި މުހުޔުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މުހްޔިއްދީން މޮޅުވީ 70 ލަނޑުން --- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

އެ މުބާރާތުގެ 12 އަހަރުންދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދާފައިވަނީ ވެސް މުހްޔިއްދީން ސްކޫލެވެ. މިދިޔަ ހޮނިހިރު ދުވަހު ކުޅުނު ފައިނަލުގައި ބިލަބޮންގް ހައިސްކޫލް އަތުން މުހްޔިއްދީން މޮޅުވީ ހަ ވިކެޓުންނެވެ.

އެ މުބާރާތުގެ 14 އަހަރުންދަށުގެ އުމުރުފުރާގެ ފައިނަލުގައި އިއްޔެ މުހްޔިއްދީން ބަލިކޮށް، ތާޖުއްދީން ސްކޫލް ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ އުމުރުފުރާގެ ފައިނަލުގައި މުހްޔިއްދީން އަތުން ތާޖުއްދީން މޮޅުވީ ފަސް ލަނޑުންނެވެ.

comment ކޮމެންޓް