ފެންފުއްޓަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއްވެއްޖެ

މަގުމައްޗަށް ވެއްޓިފައިވާ ގަސްތައް ނެގުމުގައި ފުލުހުންނާއި އެ ރަށު ބަޔަކު ހަރަކާތްތެރިވަނީ --

އދ. ފެންފުއްޓަށް އިއްޔެ ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ރަށަށް އިއްޔެ އެރި ނަގޫ ރޯޅީގައި ހަ ގެއެއްގެ ފާރު ވެއްޓި ފަސް ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށެވެ. އަދި ފަސް ބަނބުކޭ ގަސް ބިމުން ލުހިގެން ވެއްޓިފައިވާ ކަމަށެވެ.

އިއްޔެ ހަވީރު 16:15 އެހާކަންހާ އިރު ހިނގި ހާދިސާގައި އެ ރަށުގެ އިތުރު ގެތަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ގެއްލުންލިބިފައިވާ ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގަ އާއި މަގުމައްޗަށް ވެއްޓިފައިވާ ގަސްތައް ނެގުމުގައި ފުލުހުން ދަނީ ރަށު ކައުންސިލާއި ރައްޔިތުންނާ ގުޅިގެން ހަރަކާތްތެރިވަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް