ޔުމްނާ މައުމޫން އިސްތިއުފާ ދެއްވައިފި

ޔުމްނާ މައުމޫން: އޭނާ ވަނީ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ކަމުން އިސްތިއުފާ ދެއްވާފައި ---- ސަން ފައިލް ފޮޓޯ

އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ޔުމްނާ މައުމޫން އިސްތިއުފާ ދެއްވައިފި އެވެ.

ޑިޕާޓްމަންޓު އޮފް ހެރިޓޭޖްގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެތަނުގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ޔުމްނާ މިހާރު ވަނީ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އޭނާ އިސްތިއުފާދެއްވީ ކީއްވެގެން ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

ޔުމުނާ އިސްތިއުފާ ދެއްވި އިރު، ކުރީގެ ދާރުލްއާސާރު ހިންގި ދެބުރީގެ "ގަނޑުވަރު" ތަޅާލައި އެތަން އެހެން ގޮތަކަށް ތައްޔާރު ކުރުމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ކަމަށް ޔުމްނާ އައްޔަން ކުރައްވާފައި ވަނީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހު އެވެ.

ޔުމްނާ އަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދަރިކަނބަލެކެވެ.

comment ކޮމެންޓް