ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަހައްދަށް ބޯކޮށް ވާރެ ވެހި ފެން ބޮޑުވުމުގެ ސަބަބުން 45 މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފި އެވެ.
ހޮނިހިރު ދުވަހު ވެހެން ފެށި ވާރޭގައި، ކޯރުތައް ބަންޑުންވެ ޕާކިސްތާނުގެ ކަޝްމީރު އަދި އެހެން ދެ ޕްރޮވިންސެއްގައިވެސް ވަނީ ފެން ބޮޑުވެފަ އެވެ.

ޕާކިސްތާނުގައި ފެން ބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި ---
ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން އެތައް ބަޔަކު މަރުވެފައިވާ އިރު، ގިނަ ބަޔަކު ޒަހަމްވެ، ގޯތޮގެދޮރާ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ވެސް ވަނީ ވެފަ އެވެ. އެގޮތުން އެކި ކަހަލަ ޒަހަމްތައް ލިބުނު 34 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް އޮފިޝަލުން ވަނީ ހާމަކޮށްފަ އެވެ.
ފެން ބޮޑުވުމުގެ ސަބަބުން ރައްޔިތުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުމަށް އޮފިޝަލުން އެންގި ނަމަވެސް، ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ހަބަރުތައް ބުނެ އެވެ. (ބީބީސީ)