ހުމާމްގެ ގާނޫނީ ވަކީލު ހަސީން ހައިކޯޓަށް ހާޒިރުކޮށްފި

ގާނޫނީ ވަކީލު އަބްދުﷲ ހަސީން ---- ސަން ފައިލް ފޮޓޯ

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން ހައިކޯޓަށް ހާޒިރުކޮށްފިއެވެ.

ހަސީން މިއަދު ސަން އަށް ވިދާޅުވީ އޭނާ ހައިކޯޓަށް ހާޒިރުކޮށްފައި ވަނީ މިއަދު 11:15 އަށް ކަމަށެވެ. ހަސީން ވިދަޅުވީ އޭނާ ހައިކޯޓަށް ހާޒިރުކުރީ ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވި ހުމާމްގެ ޝަރީއަތުގެ މަޖިލީހުގައި ހައިކޯޓުން އެ މައްސަލައިގެ ޝަރީއަތް ނިންމިގޮތުގެ ރިޕޯޓު ދޫކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި ކަމަށް ބުނެ ކަމަށެވެ.

އެކަމުގެ ހަގީގަތް ހައިކޯޓުގައި މިއަދު ދަންނަވާފައިވާނެ ކަމަށް ހަސީން ވިދާޅުވިއެވެ.

ހަސީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުހައި އޭނާ ވިދާޅުވެފައި ވަނީ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި ލިޔުންތަކުގެ ތެރެއިން އޭނާ އަށް ލިބިފައިވާ ލިޔުންތަކުގެ ތެރޭގައި ހައިކޯޓުން ޝަރީއަތް ނިންމިގޮތުގެ ރިޕޯޓު ނެތް ކަމުގައި ކަމަށެވެ.

"އަޅުގަނޑު ސުޕްރީމް ކޯޓުގައި ނުއެއްދަންނަވަން ހައިކޯޓުން އެ މައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ދޫނުކުރެއެކޭ،" ހަސީން ވިދާޅުވިއެވެ.

comment ކޮމެންޓް