ކުރުނބާ މޯލްޑިވްސް އިން ސްކޮލާޝިޕް ފުރުސަތެއް ހުޅުވާލައިފި

ކުރުނބާ މޯލްޑިވްސް. ސަން ފައިލްފޮޓޯ

ކުރުނބާ މޯލްޑިވްސް އިން ސްކޮލާޝިޕް ޕްރޮގްރާމެއް އިފްތިތާހުކޮށްފި އެވެ.

އެރިސޯޓުން މިއަދު ބުނީ އިޖުތިމާއީ ޒިންމާ އަދާކުރުމުގެ ގޮތުން އެ ރިސޯޓުން ތައާރަފްކުރި ސްކޮލަޝިޕްގެ ދަށުން މަތީ ސާނަވީ ސްކޫލް ނިންމާފައިވާ ދެ ދަރިވަރަކު، ހޮސްޕިޓަލިޓީ އެންޑް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތިން އަހަރު ދުވަހުގެ ގްރެޖުއޭޓް ޕްރޮގްރާމެއްގައި ބައިވެރި ކުރާނެ ކަމަށެވެ. އެގޮތުން ކިޔަވަން ފޮނުވާ ކުދިން ފޮނުވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ އިންޑިއާގެ އިންސްޓްޓިއުޝަނަކަށް ކަމަށް ވެސް ކުރުނބާ މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ކުރުނބާ މޯލްޑިވްސްގެ ސްކޮލާޝިޕް އިނގިރޭސި ބަސް ހިމެނޭ ގޮތުން މަތީ ސާނަވީ އިމްތިހާނުތަކުން ފާސްވެފައިވާ ދަރިވަރުންނަށެވެ. އަދި އެ ފުރުސަތު ދޭނީ މިއަހަރުގެ ޖުލައިމަހުގެ ފުރަތަމަ ދުވަހާ ހަމައަށް އުމުރުން 23 އަހަރު ނުފުރޭ ދަރިވަރުންނަށެވެ.

މާލެއިން ފުރައިގެން ސްޕީޑްބޯޓެއްގައި 10 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ކުރުނބާ މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓެވެ.

comment ކޮމެންޓް