ކުރުނބާ ބޮޑުބެރުގެ ފަރާތުން "އައިމި އުފާ އީދުގައި" ހިތްގައިމު ލަވައެއް!

"އައިމި އުފާ އީދުގައި" ލަވައިގެ ޕޯސްޓަރެއް...

މިއަދަކީ ބަރަކާތްތެރި އަޟްހާ އީދު ދުވަހެވެ. ދުވަހުގެ އުފަލުގައި މުޅި ރާއްޖެ ދަނީ މަޖާ ނަގަމުންނެވެ. ކުރުނބާ މޯލްޑިވްސްގެ ބޮޑުބެރު ގްރޫޕްގެ ފަރާތުން ވަނީ އީދު ދުވަހަށް ލަވައެއް ތައްޔާރުކޮށް ބެލުންތެރިނަށް ދޫކޮށްލާފައެވެ.

"އައިމި އުފާ އީދު" ކިޔާ މި ލަވަ އޮތީ ދިވެހިންގެ ސަގާފަތަށް ވަރަށް ވެސް ބޮޑަށް ގުޅިފައެވެ. މުޅިންވެސް ދައްކުވައިދެނީ ދިވެހިން އާދަކާދައެވެ. އިހު ޒަމާނުގައި ދިވެހިން ކޮށްފައިވާ ކަންކަމެވެ.

"މިއީ އީދަށް އަޅުގަނޑުމެންގެ ފަރާތުން ގެނެސްދިން ހަދިޔާއެއް، ވަރަށް ސަގާފީ ގޮތަކަށް މި ލަވަ ގެނެސްދިނީ، ހިތްގައިމު މަންޒަރުތަކާއެކު ދިވެހިންގެ ތެރޭގައި އޮތް ސަގާފަތް ދައްކުވަދިނީ،" ކުރުނބާ ބޮޑުބެރު ގްރޫޕުގެ މެނޭޖަރ ނަސްރުﷲ އަލީ ކިޔައިދިނެވެ.

އެ ލަވަ ކިޔާފައިވަނީ މުހައްމަދު މިބްޝާމް އަދި އިބްރާހިމް ނުހާދެވެ. މިއަދު ހެނދުނު ލަވަ ޔޫޓިއުބްގައި އާންމުކޮށްފައިވާއިރު ގިނަ ބަޔަކު ދަނީ އެ ލަވަ ބަލަމުންނެވެ.

ނަސްރުﷲ އިތުރަށް ބުނީ އީދުގެ މުނާސަބަތުގައި މިއަދުވެސް ރިސޯޓްގައި ވަރަށް ގިނަ ކުޅިވަރުތައް ރޭވިފައި ހުރި ކަމަށެވެ. އެގޮތުން ކޯޑި އާއި ބޮޑުމަސް ކުޅުން ފަދަ ކުޅިވަރުތައް ހުރި ކަމަށް އޭނާ ބުންޏެވެ.

އެ ރިސޯޓްގައި މިރޭ ފޯރި ގަދަ ޝޯ އެއްވެސް އޮންނާނެއެވެ. މަންދީރަ ބޮޑުބެރު ގްރޫޕާއި ކުރުނބާ ބޮޑުބެރު ގްރޫޕް ތިބީ މިރޭގެ ޝޯ ފޯރި ގަދަ ކޮށްލަން ތައްޔާރަށެވެ.

comment ކޮމެންޓް