އީވާގެ މާލީ ބަޔާން: މިލްކިއްޔާތުގައި 80،000 ރުފިޔާ!

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި: އީވާ ވަނީ ގާނޫނޫ އަސާސީ ބުނާ ގޮތުން އޭނާގެ މަލީ ބަޔާން މަޖިލީހަށް ހުށަހަޅާފައި -- ފޮޓޯ/ މަޖިލިސް

މަޖިލީހުގެ މެމްބަރުންނަށް ގާނޫނު އަސާސީން ލާޒިމްކުރާ މާލީ ބަޔާން ހުށަހެޅުން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ފުރިހަމަ ކުރައްވައިފި އެވެ.

މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނުނާއި މަޖިލީހުގެ ގަވާއިދުގެ ދަށުން މެމްބަރުންގެ މާލީ ބަޔާން އާންމު ކުރަން ލާޒިމެއް ނޫނެވެ.

ގާނޫނު އަސާސީގެ 76 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ މެމްބަރަކު ވެސް އަހަރަކު އެއްފަހަރު މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅަން ޖެހޭނެ އެވެ.

ގާނޫނު އަސާސީގެ 76 ވަނަ މާއްދާ

  • ކޮންމެ މެމްބަރަކުމެ ކޮންމެ އަހަރަކު އެއްފަހަރު އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތު ތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ އެވެ. އަދި މިގޮތުން ދޭ މައުލޫމާތުގައި އެމީހަކު އަދާކުރާ އެހެން ވަޒީފާތަކާއި އެ ވަޒީފާތަކުގެ ޒިންމާތައް ހިމަނަންވާނެ އެވެ.

އީވާ މަޖިލީހަށް ހުށަހެޅި މާލީ ބަޔާނުގައި ވަނީ އަރަންޏާއި ދަރަނި ހިމެނޭ ގޮތަށް ފައިސާގެ ތަފްސީލުތައް ހާމަކޮށް މައުލޫމާތު ފުރިހަމަކޮށްފަ އެވެ. އީވާގެ މާލީ ބަޔާނުގައި ބުނެފައި ވަނީ އޭނާގެ މިލްކިއްޔާތުގައި އެއްވެސް މުދަލެއް ނެތް ކަމަށެވެ.

  • އަމިއްލަ ނަމުގައި ހަރަދު ކުރި ފައިސާ - 807،441 ރުފިޔާ
  • އަމިއްލަ ނަމުގައި ލިބުނު ފައިސާ - 807،441 ރުފިޔާ
  • މިލްކިއްޔާތުގައި ހުރި ޖުމްލަ ފައިސާގެ އަދަދު - 80،153.72 ރުފިޔާ
comment ކޮމެންޓް