ގޭބިސީތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ އަގުތަކަށް ބިލްކުރުމުގައި، ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާގުޅިގެން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިދެވޭނޭ ގޮތަށް ބިލްކުރުމުގެ އުސޫލަށް ބަދަލުގެނެސް ކަރަންޓުގެ އަގު ހެޔޮވާގޮތަށް ބައެއް ބޭންޑުތަކުން ނަގާފީ ކުޑަކޮށްފިއެވެ.
މޯލްޑިވްސް އެނާޖީ އޮތޯރިޓީ (އެމްއީއޭ) އިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ކަރަންޓުބިލް ކުރެވޭނެ މިންވަރު ކަނޑައެޅުމަށް ހަމަޖެހިފައިވަނީ އެވަގުތަކު ކަރަންޓް ހިދުމަތްދޭ ކުންފުނިތަކަށް ތެޔޮ ގަންނަން ލިބޭ އަގުތަކަށް ބަލައިގެން ކަމަށެވެ. އެގޮތުން މާލެއަށް ވަކި ރޭޓެއް ކަނޑައަޅާފައި ވާއިރު މާލެފިޔަވައި އެހެން ރަށްތަކަށް ވަނީ އެއް އަގެއް ހަމަޖައްސާފައެވެ.
މޯލްޑިވްސް އެނާޖީ އޮތޯރިޓީ (އެމްއީއޭ) އިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ކަރަންޓުބިލް ކުރެވޭނެ މިންވަރު ކަނޑައެޅުމަށް ހަމަޖެހިފައިވަނީ އެވަގުތަކު ކަރަންޓް ހިދުމަތްދޭ ކުންފުނިތަކަށް ތެޔޮ ގަންނަން ލިބޭ އަގުތަކަށް ބަލައިގެން ކަމަށެވެ.
އަލަށް ގެނެވުނު ބަދަލާއެކު މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ކަރަންޓް ބިލްތަކަށް 100 ޔުނިޓާއި ހަމައަށް 60 ލާރީގެ ލުޔެއްދެވޭއިރު 200 ޔުނިޓާ ހަމައަށް 50 ލާރި އަދި 300 ޔުނިޓަށް 20 ލާރީގެ މިންވަރެއްގެ ލުއިދެވޭނެއެވެ. ހަމައެހެންމެ 400 ޔުނިޓާއި ހަމައަށް 20 ލާރީގެ ލުޔެއް ދެވޭއިރު 500 ޔުނިޓާއި 600 ޔުނިޓާ ހަމައަށް 40 ލާރީގެ ލުޔެއްދެވެއެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްތަކުގެ ކަރަންޓް ބިލްތަކަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ރަށްރަށުގެ ކަރަންޓް ބިލްތަކަށް 100 ޔުނިޓާއި ހަމައަށް 80 ލާރީގެ ލުޔެއްދެވޭއިރު 200 ޔުނިޓާ ހަމައަށް 55 ލާރި ހެޔޮކޮށްދެއެވެ. 300 ޔުނިޓާއި 400 ސަތޭކަ ޔުނިޓާއި ހަމައަށް އަގުހެޔޮ ނުކުރާއިރު 500 ޔުނިޓާއި ހަމައަށް 150 ލާރި ހެޔޮކޮށްދެއެވެ. އަދި 600 ޔުނިޓާ ހަމައަށް 100 ލާރީގެ ލުޔެއްދެވެއެވެ.
ބިލްކުރެވޭ ރޭޓްތައް ކަނޑައަޅާފައިވަނީ މިހާރު ތެޔޮ ގަންނަށް ލިބޭ ރޭޓަކީ 7.05 ރުފިޔާ ކަމަށް ބަލައިގެންނެވެ. ތެލުގެ އަގަށް އަންނަ ބަދަލާއެކު، ބިލްކުރެވޭ ރޭޓްތަކަށް ވެސް ބަދަލުގެނެވޭނެއެވެ. އަގުހެޔޮކުރެވިގެންދާނީ ކަރަންޓު ހިދުމަތްދޭ ކުންފުނިތަކަށް ޑީސަލް ލީޓަރެއް ލިބޭ އަގު 8 ރުފިޔާއަށް އަރަންދެން ކަމަށާއި އެއަށްފަހު ހިދުމަތްހޯދާ ފަރާތްތަކުގެ ބިލަށް ފިއުލް ސާޗާޖް ހިމެނޭނެ ކަމަށް އެމްއީއޭއިން ބުންޏެވެ.
ފިއުލް ސާޗާޖް ނެގުމަށް ހަމަޖެހިފައިވަނީ ތެޔޮލީޓަރަކަށް އިތުރުވާ ކޮންމެ 10 ލާރިއަކަށް ކަރަންޓު ޔުނިޓަކުން ތިން ލާރި އެވެ.