ފީފާގެ އިންތިހާބު ދެ ވަނަ ބުރަކަށް، ވޯޓުލުން ކުރިއަށް

ފީފާގެ އިންތިޚާބުގައި ވާދަ ކުރާ ހަތަރު ކެނޑިޑޭޓުންގެ ލިސްޓް --- ފޮޓޯ/ އޭއެފްޕީ

ފީފާގެ ރައީސްއަކު ހޮވުމަށް ބޭއްވި އިންތިޚާބުގައި ވޯޓްލި 207 ގައުމުގެ ތެރެެއިން އެއްވެސް ކެނޑިޑޭޓަކަށް ތިން ބައި ކުޅަ ދެ ބައިގެ ވޯޓް ނުލިބުމުން އެއްވެސް ކެނޑިޑަކު ނުހޮވި ދެ ވަނަ ބުރަކަށް ހިނގައްޖެ އެވެ.

އެންމެ ގިނަ ވޯޓް ލިބުނީ ޖިއާނީ އިންފެންޓީނޯއަށެވެ. އޭނާއަށް ވަނީ 88 ވޯޓް ލިބިފަ އެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ޝައިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލަފީއަށް ލިބިވަޑައިގެންނެވީ 85 ވޯޓެވެ. ތިން ވަނައަށް ދިޔަ ޕްރިންސް ޢަލީ ބިން އަލް ޙުސައިންނަށް ލިބިވަޑައިގެންނެވީ 27 ވޯޓެވެ. ޖްރޯމް ޝަމްޕޭންއަށް ލިބުނީ ހަތް ވޯޓެވެ.

ފީފާގެ އިންތީޚާބުގެ ފުރަތަމަ ބުރުގައި ވޯޓް ލިބުނު ގޮތުގެ ތަފްސީލް. އެއްވެސް ބޭފުޅަކަށް ތިން ބައި ކުޅަ ދެ ވބައިގެ މެޖޯރިޓީ ނުލިބުމުން ވަނީ ދެވަނަ ބުރަކަށް ގޮސްފައި --- ސްކްރީން ޝޮޓެއް.

އިންޓީޚާބުގައި ފަސް ކެނޑިޑޭޓުން ވާދަ ކުރި ނަމަވެސް ދެކުނު އެފްރިކާގެ ޓޮކިޔޯ ސެކްސްވޭލް ވަނީ ކޮންގްރެސްގައި ވާހަކަ ދައްކަމުން އިންތިޚާބުން ވަކިވެވަޑައިގަންނަވާ ކަން އިއުލާންކޮށްފަ އެވެ.

ދެ ވަނަ ބުރުގައި އެންމެ ގިނަ ވޯޓް ލިބޭ ކެނޑިޑޭޓަކު ރައީސްއަކަށް ހޮވޭނެ އެވެ.

comment ކޮމެންޓް