މާލެއިން ކަރަންޓު ކެނޑުނު ހިސާބުތަކަށް ދެ ގަޑިއިރަށްފަހު ކަރަންޓު ދީފި

މާލެ: މާލޭގެ ބޮޑު ބަޔަކު މިރޭ ދެ ގަޑިއިރަށް ކަރަންޓު ދިޔަ-- ސަން ފައިލް ފޮޓޯ

މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައިވާތާ ދެ ގަޑިއިރަށްފަހު، އެ ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފި އެވެ.

ހެންވޭރާއި މާފަންނުގެ އިތުރުން މައްޗަންގޮޅީގެ ބަޔަކުން ކަރަންޓު ކެނޑިފައި ވަނީ މިރޭ ނުވައެއް ޖަހާކަންހާއިރު އެވެ. ލައްކައަކަށްވުރެ ގިނަ މީހުން ދިރިއުޅޭ ވެރިރަަށް މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ދިއުމުން، ގިނަ ބަޔަކަށް ދައްޗާ ކުރިމަތިލާންޖެހުނެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން ބައެއް ޓީވީ ސްޓޭޝަންތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ސްޓެލްކޯގެ ސީނިއާ އިންޖިނިއާ އިބްރާހިމް ރައުފު މިރޭ ވިދާޅުވީ މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑެން ދިމާވީ މަގުމަތީ ކޭބަލެއް ކަނޑައިގެން ދިއުމުން ކަމަށެވެ. ނަމަވެސް މިހާރު މައްސަލަ ހައްލު ކުރެވިފައިވާ ކަމަށާއި ކަރަންޓު ކެނޑުމުގެ މަސަލައެއް ދެން ދިމާނުވާނެ ކަމަށެވެ.

comment ކޮމެންޓް