ދިރާގުން ކޭބަލެއް ވަޅުލަނިކޮށް ހެންވޭރުގެ ބަޔަކުން ކަރަންޓު ކެނޑިއްޖެ

ދިރާގުން ކޭބަލެއް ވަޅުލަން އުޅުނު ސަރަހައްދު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިރާގުން ކޭބަލެއް ވަޅުލަން އުޅުމުގެ ތެރޭގައި ކަރަންޓު ކޭބަލަކުން "ކަރަންޓު ޝޯޓުވެ" ހެންވޭރުގެ ސަރަހައްދަކުން ކަރަންޓު ހިނގައްޖެ އެވެ.

އެ ސަރަހައްދުގައި ހުރި ދިރާގު އޮފިޝަލަކު ވިދާޅުވީ ކޭބަލެއް ވަޅުމުލުމުގެ ތެރޭގައި ކަރަންޓު ކޭބަލަކުން "ކަރަންޓު ލީކުވެ" ދުން އަރަން ފެށި ކަމަށެވެ. އަދި އޭގެ ފަހުން އެ ސަރަހައްދުން ކަރަންޓު ދިޔައީ ކަމަށެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނަނީ ކަރަންޓު ކެނޑުނީ ދިރާގުން ކޭބަލް ވަޅުލުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ކަަރަންޓް ކޭބަލެއް ބުރިވެގެން ކަމަށެވެ. ކަރަންޓު ކަނޑައިގެން ދިޔައީ ރަތްވިލާ ހިނގުމުގައި ކޭބަލެއް ވަޅުލަން އުޅުމުގެ ތެރޭގަ އެވެ.

ކަރަންޓު ދިޔަތާއި މިހާރު ދޮޅުގަޑިއިރުވެފައިވާއިރު ސްޓެލްކޯގެ މުވައްޒަފުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެ މައްސަލަ ހައްލުކޮށް، ވަގުތީ ގޮތުން އެ ސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް