ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވެ، ވިއްސާރަކުރާނެ: މެޓް

މޫސުން ގޯސް ދުވަހެއްގައި ފަޅެއްގައި އަޅާފައި އޮތް ދޯންޏެއް -- ފައިލް ފޮޓޯ

ކުރިއަށް ތިންދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ކަނޑުގަދަވެ، ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފި އެވެ.

މޫދުމާ ބެހޭ އިދާރާ އިން ބުނީ ބޭއޮފް ބެންގޯލްގެ މެދުތެރޭ ހިސާބުގައި އުފެދިފައިވާ ލޯ ޕްރެޝަރު އޭރިއާ ގުޅިގެން މާދަމާ އިން ފެށިގެން ތިން ދުވަސްވަންދެން ރާއްޖޭގެ އެކި ހިސާބަށް ދޭތެރެ ދޭތެރެއިން ވާރޭވެހި ގުގުރުމަކީ ވެސް އެކަށީގެންވާކަމެއް ކަމަށެވެ.

ކުރިއަށް ތިން ދުވަހުގެ މޫސުން

  • ގުގުރުމާއި އެކު ދޭތެރެ ދޭތެރެއިން ވިއްސާރަކުރާނެ
  • މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރު އުތުރުން 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ
  • އުތުރުގެ އަތޮޅުތަކަށް 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
  • ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ

މެޓް އޮފީހުން އިލްތިމާސްކޮށްފައި ވަނީ ހުރިހާ ފަރާތަކުން ވެސް މޫސުމަށް ސަމާލުވުމަށެވެ. އަދި ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް