ކޮންމެ ދުވަހަކު މާމުއި ފެން ބުއިމުން ވާ ގޮތް އެނގޭތަ؟

ކޮންމެ ދުވަހަކު މާމުއި ފެންތައްޓެއް ބުއިމަކީ ވަރަށް ގިނަ ފައިދާތަކެއް ލިބޭ ކަމެއް --

ފެނަކީ އިންސާނާއާއި، ދިރުން ހުރި ކޮންމެ އެއްޗެއް ވެސް ދިރިހުރުމަށް ބޭނުންވާ އެއްޗެކެވެ. ހަށިގަނޑުގެ އެތައް މަސައްކަތަކާއި ފެނާއި އޮންނަނީ ގުޅިފަ އެވެ. ހަށިގަނޑަށް ބޭނުންވާ މިނަރަލްތަކާއި، ނޭވާ ލައިގެން އެތެރެކުރާ އޮކްސިޖަން ފަދަ ތަކެތި ހަށިގަނޑުގެ އެކި ހިސާބުތަކަށް ގެންދިއުމުގައި އިސް ރޯލެއް، ފެން އަދާ ކުރެ އެވެ. ކާނާ ހަޖަމުކުރުމަށް ފެން ބޭނުންވެ އެވެ. ހަށިގަނޑުގެ 80 އިންސައްތައަކީ ފެނެވެ. އެހެންކަމުން، ފެނަކީ ކޮންމެހެން ވެސް ހަށިގަނޑަށް ބޭނުންވާ އެއްޗެކެވެ.

މި ހުރިހާ ކަމެއް ފެން ކޮށްދޭ އިރު، އެ ފެނުގެ ފައިދާ އިތުރު ކުރެވޭނެ ގޮތެއް ވެ އެވެ. އެއީ ފެނަށް މާމުއި އެއްކޮށް، މާމުއި ފެން ބުއިމެވެ. މާމުޔަކީ ފޮނިކަން ގަދަ އެއްޗެއް ނަމަވެސް، އެއީ ޤުދުރަތީ އެއްޗެކެވެ. ފެނަށް މާމުއި އަޅައިގެން، މާމުއި ފެން ތައްޓެއް ކޮންމެ ދުވަހަކު އެއްފަހަރު ބުއިމުގައި ފައިދާތަކެއް ހުރެ އެވެ.

ހަށިގަނޑުން އުފައްދާ ގޭސް މަދުކޮށްދޭ

ކާބޯތަކެތި ހަޖަމު ކުރުމުން އެތަކެތި ހަށިގަނޑުން ބޭރުވާ އެއް ގޮތަކީ ގޭހެވެ. ހަށިގަނޑުން ވައި ބޭރު ކުރެ އެވެ. ނަމަވެސް އަބަދާއި އަބަދު ވައި ބޭރު ކުރެވުމަކީ މައްސަލައެކެވެ. މިކަން ދިމާވާ ނަމަ، ކޮންމެ ދުވަހަކުވެސް މާމުއި ފެން ތައްޓެއް ބޯލުމުން ރަނގަޅުވާނެ އެވެ. ތާފަނާ ފެނުގައި މާމުއި އެއްކޮށްގެން ބުއިމުން، ހަށިގަނޑުން އުފައްދާ ގޭސް ނިއުޓްރަލައިޒް ކޮށްދެ އެވެ.

ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަ ކޮށްދޭ

މާމުއިގައި، ހަށިގަނޑުގެ ދިފާޢީ ނިޒާމު ނުވަތަ އިމިއުން ސިސްޓަމް ވަރުގަދަކޮށްދޭ އެތަކެއް މާއްދާއެއް ހިމެނެ އެވެ. ހަށިގަނޑުގެ ދިފާޢީ ނިޒާމަށް މާމުއިގެ ފުރިހަމަ ފައިދާ ބޭނުން ނަމަ، 100 އިންސައްތަ ޤުދުރަތީ މާމުއި ބާޒާރުން ހޯދާށެވެ. ޤުދުރަތީ މާމުއިގައި އެންޒައިމްއާއި، ވިޓަމިނާއި މިނަރަލް ގިނަ އަދަދަކަށް ހުންނަ އިރު، މިއީ ބެކްޓީރިއާ މަރާލުމަށް އެންމެ ހުށިޔާރު އެއް ގޮތެވެ.

ހަށިގަނޑުގައި ހުރި ވިހަ މާއްދާތައް ބޭރު ކޮށްދޭ

ތާފަނާ ފެނުގައި މާމުއި އެއްކުރުމަށް ފަހު އެ ބުއިމުން، ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުވެ ދެ އެވެ. ހަށިގަނޑު "ޑީޓޮކްސިފައި" ކޮށްދެ އެވެ.

ހަންގަނޑު ސާފު ކޮށްދޭ

މާމުޔަކީ ޤުދުރަތީ އެންޓި އޮކްސިޑަންޓެކެވެ. މާނައީ، އޭގައި ހުންނަ އެންޓިބެކްޓީރިއަލް މާއްދާގެ ސަބަބުން ހަށިގަނޑުގައި ހުރި ނަޖިސް މާއްދާތައް ބޭރު ކޮށްދެ އެވެ. އެހެންކަމުން ހަށިގަނޑުގެ ބޭރުގައިވާ ހަންގަނޑު ރީތިވެ، ދޮންވެ، ސާފު ވެ އެވެ.

ބަރުދަން ލުއިކޮށްދޭ!

މާމުއިގައި ހަކުރާއި ފޮނިކަން ހުރި ނަމަވެސް އެއީ ޤުދުރަތީ ހަކުރެވެ. ހަކުރު އަޅައިގެން ހަދާފައި ހުންނަ ފޮނި ކާތަކެތި ކާ ހިތްވާ ނަމަ، މާމުއި ބޭނުންކުރުމުން ފުދޭނެ އެވެ. ހަކުރު އަޅައިގެން ހަދާފައި ހުންނަ ބުއިންތަކުގެ ބަދަލުގައި މާމުއި ފެން ވެސް ބޭނުންކުރެވިދާނެ އެވެ. ހަކުރުގެ ބަދަލުގައި މާމުއި ބޭނުންކުރާ ނަމަ، ހަށިގަނޑަށް އެތެރެވާ ކެލޮރީ ވެސް 64 އިންސައްތަ މަދުވާނެ އެވެ.

ލޭގައި ހަކުރު ހުންނަ މިންވަރު ރެގިއުލޭޓް ކޮށްދޭ

މާމުއިގައި ހުންނަނީ ފްރުކްޓޯސްއާއި ގްލޫކޯޒް އެވެ. ހަކުރުގައި ހުންނަ ފޮނި ކަމާއި ވަރަށް ތަފާތެވެ. މާމުއިގައި ހުންނަ ފޮނިކަމުން ހަށިގަނޑުގައި ދައުރުވާ ލޭގެ ހަކުރުގެ މިންވަރު ރެގިއުލޭޓް ކޮށްދެ އެވެ. އެއް ހަމައެއްގައި ހިފަހައްޓައިދެ އެވެ. އަދި ކޮލަސްޓްރޯލް ވެސް ދަށް ކޮށްދެ އެވެ.

comment ކޮމެންޓް