ސާފް ސުޒުކީ ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޗެތުރީއަށް

ސާފް ސުޒުކީ ކަޕްގެ މޯސްޓް ވެލިއުބަލް ޕްލެޔާގެ މަގާމަށް ހޮވުނު، އިންޑިއާ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ، 10،000ގެ ރަމްޒީ ޗެކާ ހަވާލުވަނީ -- ސަން ފޮޓޯ: ހުސައިން ސިނާން، އިމޭޖަސް.އެމްވީ

ޓްރިވެންޑްރަމް، އިންޑިއާ (3 ޖެނުއަރީ ) - ނިމިގެން ދިޔަ ސާފް ސުޒުކީ ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން، އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ހޯދައިފިއެވެ.

މިއެވޯޑް ޗެތުރީ ހޯދިއިރު އޭނާ ވަނީ ފައިނަލު މެޗްގައި އިންޑިއާ މޮޅުވި ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އޭނާ ވަނީ މިމުބާރާތުުގައި އިންޑިއާއަށް ތިން ލަނޑު ޖަހައިދީފައެވެ.

އިންޑިއަން ސުޕަލީގްގެ މުންބާއީ ސިޓީއަށް ކުޅޭ އުމުރުން 31 އަހަރުގެ ޗެތުރީއަކީ އިންޑިއާގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާ ބައިޗަން ބުޓިއާއަށްފަހު އިންޑިއާގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "މޯސްޓް ވެލިއުބަލް ޕްލެޔަރ"އަށް 10،000 ޑޯލަރުގެ ފައިސާގެ އިނާމު ލިބެއެވެ.

މިއީ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޗެތުރީ ހޯދި ދެވނަ ފަހަރެވެ. އެގޮތުން 2011 ވަނަ އަހަރު އިންޑިއާގެ ވެރިރަށް ދިއްލީގައި އޮތް މުބާރާތުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ޗެތުރީއަށެވެ.

comment ކޮމެންޓް