"ޝެއާ އެންޑް ވިން" ގެ ނަމުގައި ވިޔަފާރި ނުކޮށް ހިލޭ ހަދިޔާ ލިބޭ ޕްރޮމޯޝަނެއް، އަވަސްކާޓު ވެބްސައިޓުން ފަށައިފިއެވެ.
މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ ޕްރޮމޯޝަން ގެ ދަށުން ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް ފަރާތަކަށް ހިލޭ ހަދިޔާއެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ.
އަވަސް ކާޓުން ބުނީ، ހަދިޔާ ހޯދުމަށް ބޭނުންވާ ފަރާތްތަކުން އެ އެ ވެބްސައިޓުގެ ފޭސްބުކް ޕޭޖަށް ޒިޔާރާތް ކޮށް ލައިކް ދިނުމަށެވެ.
"މި ހަދިޔާ ހޯދުމަށް www.fb.com/avaskart އަށް ލައިކް ކޮށްލުމަށްފަހު އަވަސްކާޓު ޕޭޖުގައިވާ "ޝެއާ އެންޑް ވިން" ޕޯސްޓަރުގައި ރައްޓެއްސަކު ޓެގްކޮށްލުމުން ބައިވެރިވެވޭނެ އެވެ،" އަވަސްކާޓުން ބުނެއެވެ.
އަވަސްކާޓުން ބުނީ، އެއްފަރާތަކަށް ވުރެ ގިނަ ފަރާތްތަައްވެސް ޓެގް ކުރެވިދާނެ ކަމަށެވެ. ނަމަވެސް ހިލޭ ލިބޭ ހަދިޔާ ލިބޭނީ ހަމައެކަނި އަވަސްކާޓުގެ ފޭސްބުކް ޕޭޖަށް ލައިކްދޭ ފަރާތްތަކަށް އެކަނި ކަމަށްވެސް އަވަސް ކާޓުން ބުނެއެވެ.
އެ ވެބްސައިޓުގައި މިހާތަނަށް ހާހެއްހާ މީހުން ރަޖިސްޓްރީ ވެފައިވާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން 50 ޕަސެންޓު ރަށްރަށަށް އެ ވެބްސައިޓުން ވަނީ ހިދުމަތް ފޯރުކޮށްދީފައެވެ.
އަވަސްކާޓަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފިހާރަތައް ހުންނަ ވެބްސައިޓެކެވެ. އެ ވެބްސައިޓުގައި ހުންނަ ފިހާރަތަކުން ގަންނަ ކޮންމެ މުދަލެއް ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ގެއަކަށްވެސް އެ ވެބްސައިޓުން ގެންގޮސްދެނީ އެއްވެސް ފީއެއް ނެގުމެއް ނެތިއެވެ.