ހޮނު އެޅުމުން އެއާޕޯޓުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ

އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގިނަ ބަޔަކު ޖަމާވެފައި: މިރޭ ވަނީ އެ އެއާޕޯޓުގެ ބޮޑު ބަޔަކުން ކަރަންޓު ގޮސްފައި ---- ސަން ފައިލް ފޮޓޯ

މިރޭ އިރާކޮޅު ގަދައަށް ހޮނުއެޅި ގަޑީގައި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ.

ހޮނު އެޅި ވަގުތު ރަންވޭ އާއި ޓާމިނަލުން ވަނީ ކަރަންޓު ގޮސްފައެވެ. އަދި ފްލައިޓުތައް ޕާކްކުރާ އޭޕްރަން އިން ވެސް ވަނީ ކަރަންޓުގޮސްފަ އެވެ.

ކަރަންޓު ދިޔުމާއެކު އެއާޕޯޓުގެ އޮޕަރޭޝަންސްތައް ހުއްޓުމަކަށް އައެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި، ވެރިރަަށް މާލޭގައި ވާނީ ފެންބޮޑުވެފަ އެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާ ކުރާނެ ކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ޔެލޯ އެލާޓު ނެރެފައެވެ.

comment ކޮމެންޓް