ތިރީސް ސިކުންތު ތެރޭ 108 ސްކިޕް ހަދައިގެން ކުޑަކުއްޖަކު ރެކޯޑު ފޮތަށް

ތިރީސް ސިކުންތު ތެރޭގައި 108 ސްކިޕް ހަދައިގެން އުމުރުން 11 އަހަރުގެ ޗައިނާ ފިރިހެން ކުއްޖަކު، ދުނިޔޭގެ ރިކޯޑެއް މުގުރާލައިފި އެވެ.

ދުބާއީގައި ބޭއްވި ދުނިޔޭގެ ފުރަތަމަ އިންޓާ ސްކޫލް ރޯޕް ސްކިޕިން ޗެމްޕިއަންޝިޕްގައި ވާދަކުރި ސެން ޒިއޯލިން ވަނީ އިތުރު ރިކޯޑެއް ވެސް މުގުރާލާފައެވެ. އެއީ ތިން މިނެޓް ތެރޭގައި 548 ސްކިޕް ހަދައިގެންނެވެ.

މުބާރާތް ބޭއްވި ދުބާއީގައި ހުންނަ ނަދް އަލް ޝެބާ ސްޕޯޓްސް އެރީނާގެ އޮފިޝަލުން ބުނާ ގޮތުން، ސްކިޕިން ހެދިއިރު ސެންގެ ހަރަކާތްތައް އަވަސްކަމުން އޭނާ ފުއްމިވަރު ދެނެގަންނަވަން ވެސް އުދަނގޫވި އެވެ.

ސެންގެ ރިކޯޑް ޔަގީންވާނީ އޭނާ ސްކިޕިން ހެދި ވީޑިއޯ ސްލޯ މޯޝަން އިން ބަލައިގެންނެވެ.

މިދިޔަ މަހުގެ 25 އިން 29 އަށް ދުބާއީގައި ބޭއްވި އެ މުބާރާތުގައި ސެން ވަނީ ޖުމްލަ 29 ދާއިރާއަކުން 27 ރަން މެޑަލް ހޯދާފައެވެ.

ކުރިއަށް އޮތް އިންޓާ ސްކޫލް ރޯޕް ސްކިޕިން ޗެމްޕިއަންޝިޕް އޮންނާނީ އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ސްވިޑަންގައެވެ.

މައުލޫމާތު: ނޫސް އެޖެންސީތައް

comment ކޮމެންޓް