މިއަދާއި މާދަމާ ކުރިއަށްދާ ކުޑަކުދިންގެ ހަވީރު މެޑަމް ފާތުން ހުޅުވައިފި

ކުޑަކުދިނގެ ސިފަ ހަވީރު: ކުޅިވަރުގެ ހަރަކާތްތަކާއެކު އެ ހަވީރު މާދަމާ ވެސް ކުރިއަށްދާނެ-- ސަން ފޮޓޯ/ އަލީ ނަސީރު

މާދަމާ ފާހަގަ ކުރާ ގައުމީ ދުވަހާ ގުޅުވައިގެން، އެމްއެންޑީއެފް އިން ޖުމްހޫރީ މައިދާނުގައި ކުޑަކުދިންނަށް ހަވީރެއް ބާއްވައިފި އެވެ.

"ކުޑަކުދިނގެ ސިފަ ހަވީރު"ގެ ނަމުގައި ދެ ދުވަހަށް ކުރިއަށް ގެންދާ އެ "ހަވީރު" މިއަދު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމެވެ.

މިއަދު ހަވީރު 4:30 ގައި ފެށި ކުޑަކުދިންގެ ހަވީރު މާދަމާ ވެސް ޖުމްހޫރީ މައިދާނުގައި ކުރިއަށްދާނެ އެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން ހަވީރެއް ބޭއްވުމުގެ މަގުސަދަކީ ކުޑަކުދިންގެ ހިތްތަކުގައި ގައުމިއްޔަތާއި ގައުމީ ލޯބި ދިރުވައި އާލާ ކުރުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ފެށި އެ ހަވީރުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއި ކުޅިވަރުތައް ކުރިއަށް ގެންދިޔަ އެވެ. އަދި ސިފައިން ބޭނުންކުރާ ބައެއް ވެހިކަލްތަކާއި ރެޕަލް ކުރުމާއި ޑްރަމް ޖެހުމާއި އަލިފާން ނިއްވުމަށް ފެންޖެހުމާއި ސިފައިންގެ ޔުނިފޯމުގައި ފޮޓޯ ނެގުންފަދަ ހަރަކާތްތައް ކުޑަކުދިންނަށް އަމާޒުކޮށްގެން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް