ރާއްޖެ ޑަބްލިއުއެޗްއޯގެ މެމްބަރަކަށްވިތާ 50 އަހަރު ފުރުމާ ގުޅިގެން ފޮޓޯ މައުރަޒެއް

ޑަބްލިއުއެޗްއޯގެ މެމްބަރަކަށް ރާއްޖެ ވިތާ 50 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ފޮޓޯ މައުރަޒު ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ ގެ މެމްބަރަކަށް ރާއްޖެ ވިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި ފޮޓޯ މައުރަޒެއް ފެށިގެން ކުރިއަށް އެބަދެއެވެ.

މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ފޮޓޯ މައުރަޒު އޮންނާނީ ކޮންމެ ދުވަހަކު ހަވީރު 4:00 އިން 6:00 ގެ ނިޔަލަށެވެ. އަދި ރޭގަނޑު 8:00 އިން ފެށިގެން 10:00 އަށް ވެސް އެ މައުރަޒު ހުޅުވިފައި ހުންނާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ޑަބްލިއުއެޗްއޯގެ މެމްބަރަކަށް ރާއްޖެ ވިތާ 50 އަހަރު ފުރުމާ ގުޅިގެން ބޭއްވި ފޮޓޯ މައުރަޒު ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ

އެ މައުރަޒުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް ޑަބްލިއުއެޗްއޯ އިން ވެދީފައިވާ އެހީތެރިކަން ދައްކުވައިދޭ ފޮޓޯތައް ހިމެނޭ އިރު، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބިފައިވާ ކުރިއެރުންތަައް ދައްކުވައިދޭ ފޮޓޯތައްވެސް ހިމެނެއެވެ.

ޑަބްލިއުއެޗްއޯގެ މެމްބަރަކަށް ރާއްޖެ ވިތާ 50 އަހަރު ފުރުމާ ގުޅިގެން ބޭއްވި ފޮޓޯ މައުރަޒު ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ

ރާއްޖޭގައި ސިއްހީ ޚިދުމަތްތައް ދިނުމަށް ކޮށްފައިވާ މަސައްކަތްތަކާއި، ސިއްހީ ދާއިރާގެ އެހާރާއި މިހާރު ދައްކުވައިދޭ ފޮތޯތައްވެސް މައުރަޒުގައި ހިމެނެއެވެ.

ހަމައެހެންމެ ސިއްހީ ދާއިރާގެ ފުރަތަމަ ތަރައްގީ ޕްލޭން އެކުލަވާލެވުނު ގޮތާއި، ރާއްޖޭގައި އާއްމު ސިއްހަތު ފެށިގެން އައި ގޮތުގެ މައުލޫމަތުވެސް އެ ފޮޓޯ މައުރަޒުގައި ހިމަނާފައި ވެއެވެ.

comment ކޮމެންޓް