ކުރޮޓޯންގެ މައްޗަށް އޭސީ މިލާނުން ކުރި ހޯދައިފި

ކޮޕާ އިޓާލިއާ ގައި ރޭ ކުރޮޓޯންއާ ދެކޮޅަށް އޭސީ މިލާން ކުލުނު މެޗްގައި އެ ޓީމްގެ އެޑްރިއާނޯ ލަނޑު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ: އޭޕީ

ކޮޕާ އިޓާލިއާ ގައި ރޭ ކުރޮޓޯންގެ މައްޗަށް 1-3 ގެ ނަތީޖާ އަކުން އޭސީ މިލާން ކުރި ހޯދައިގެން އެ މުބާރާތުގެ ގަދަ 16 ޓީމްގެ ތެރޭގައި އެ ޓީމް ހިމެނިއްޖެ އެވެ.

އޭސީ މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗްގައި ފުރަތަމަ ހާފްގައި ކުރޮޓޯންގެ ޕެލަޑީނިއޯ އަށް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭސީ މިލާންގެ ގޯލް ކުރިމަތީގައި ހުރެ ޕެލަޑީނިއޯ ފޮނުވާލި ބޯޅަ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

އެ މެޗްގައި ފެނުނު ހަތަރު ގޯލް ވެސް ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފްގައެވެ. އޭސީ މިލާންގެ ފުރަތަމަ ގޯލް 47 ވަނަ މިނެޓް ގައި ކާމިޔާބުކޮށްދިނީ ލުއިޒް އެޑްރިއާނޯ އެވެ. އެ ގޯލް އެޑްރިއާނޯ ކާމިޔާބުކުރީ ހޮންޑާ ތަނަވަސް ކޮށްދިން ފުރުސަތަކުން ކުރޮޓޯންގެ ކީޕަރު ކައިރިން ނައްޓާލުމަށް ފަހު ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ކޮޕާ އިޓާލިއާ ގައި ރޭ ކުރޮޓޯންއާ ދެކޮޅަށް އޭސީ މިލާން ކުލުނު މެޗްގެ ތެރެއިން --- ފޮޓޯ: އޭޕީ

އޭސީ މިލާނުން ގޯލެއް ޖަހާފައިވަނިކޮށް ކުރޮޓޯންއަށް ނަތީޖާ ހަމަހަމަކޮށްދިނީ ބުޑިމިރް އެވެ. ފުރިހަމަ ވަގުތު އެ ނަތީޖާގައި އޮވެ ނިމިނު އިރު އޭސީ މިލާން މޮޅު ކޮށް ދިން ލަނޑު އެ ޓީމަށް ކާމިޔާބް ކޮށްދިނީ އިތުރު ވަގުތުގައި ގިއަސޯމޯ ބޮނަވެންޓްރާ ކާމިޔާބުކޮށްދިން ރީތި ހިލޭ ޖެހުމަކުންނެވެ.

އޭސީ މިލާނަށް ލީޑް އިތުރަށް ފުޅާ ކޮށްދިނީ އެ ޓީމްގެ ނިއަންޖް އެވެ. އެއީ ނިއަންޖް އޭސީ މިލާނަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

އެ މެޗްގައި މިލާން ގެ ކޯޗް ސިނިސާ މިހަޖޮލޮވިޗް ވަނީ 11 ބަދަލު އެ ޓީމަށް ގެނެސްފައެވެ.

comment ކޮމެންޓް