ސީއެސްސީގެ މެމްބަރު ކަމަށް ޝަހީދު އައްޔަންކުރަން ރުހުން ދީފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ސީއެސްސީގެ މެމްބަރު ކަމަށް ޝަހީދު އައްޔަންކުރަން މަޖިލީހުން މިއަދު ވަނީ ރުހުން ދީފައި -- ސަން ފައިލް ފޮޓޯ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރު ކަމަށް ގއ. ވިލިނގިލީ ވައިޖެހޭގޭ ޝަހީދު މުހައްމަދު އައްޔަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

އޭނާ އަށް ރުހުން ދިނުމަށް ވޯޓު ދިނީ 62 މެމްބަރުން ނެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވުމަށް ކޮމެޓީން ވެސް ވަނީ ފާސްކޮށްފަ އެވެ.

ކަނޑައަޅާފައިވާ ދާއިރާތަކުން މެންބަރުން މާކްސްދޭ އިރު 75 ޕަސެންޓަށް ވުރެ މަތިން ޖުމްލަ މާކްސް ލިބޭ ބޭފުޅަކީ އެމަގާމަށް ގާބިލު ބޭފުޅެއް ކަމަށް ކޮމެޓީން ކަނޑައަޅަ އެވެ. އެގޮތުން އޭނާ އަށް ވަނީ 88 ޕަސެންޓް ލިބިވަޑައިގެންފަ އެވެ.

ސީއެސްސީގައި މިހާރު ތިއްބެވި މެމްބަރުންނަށް ބަލާ އިރު، އެ ކޮމިޝަންގެ ރައީސަކީ ޑރ. އަލީ ޝަމީމެވެ. ކޮމިޝަންގެ ނައިބު ރައީސަކީ ޖަމީލާ އަލީ ޚާލިދެވެ. ދެން އެ ކޮމިޝަންގައި ތިއްބަވާ ދެ މެމްބަރުނަކީ ރީނީ އަބްދުއްސައްތާރާއި ޒަކަރިއްޔާ ހުސައިނެވެ.

comment ކޮމެންޓް