އެމްއެންޑިއެފްގެ 16 ވަނަ ފޮޓޯ މައުރަޒު ނިންމާލައިފި

ޏ. ފުވައްމުލަކުގައި އެމްއެންޑީއެފް އިން ބޭއްވި 16 ވަނަ ފޮޓޯ މައުރަޒުގެ ތެރެއިން---ފޮޓޯ:އެމްއެންޑީއެފް

ނަސްރުގެ ދުވަހުގެ މުނާޞަބަތާ ގުޅުވައިން އެމްއެންޑީއެފް އިން ޏ. ފުވައްމުލަކުގައި ބޭއްވި 16 ފޮޓޯ މައުރަޒު އިއްޔެ ނިންމާލައިފި އެވެ.

އެ ރަށު ތައުލީމީ މަރުކަޒުގައި ބޭއްވި ފޮޓޯ މައުރަޒުގައި ވަނީ 1988 ވަނަ އަހަރު ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެ އަށް ދިން އުދުވަނީ ހަމަލާއާ ގުޅުން ހުރި ފޮޓޯތަކާއި ގުދުރަތީ އަދި އެކިއެކި ކާރިސާތަކުގައި ސިފައިން ކޮށްފައިވާ މަސައްކަތްތަކުގެ ފޮޓޯ ދައްކާލައިފަ އެވެ.

އަދި އިޖުތިމާއީ އެކިއެކި ހަރަކާތްތަކާއި ސިފައިންގެއަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި ފަރާތްތަކުގެ ފޮޓޯ ވެސް މި މައުރަޒުގައި ދައްކާލާފައިވެ އެވެ.

ފޮޓޯ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ ނަޞްރު ދުވަހާ ގުޅިގެން އެމްއެންޑީއެފުން ޝާއިޢު ކުރާ އައްޑަނަ މަޖައްލާގެ 18 ވަނަ އަދަދު ވެސް ނެރެފަ އެވެ.

އެ މަޢުރަޒާ ގުޅިގެން ޢާއިލީ ހަވީރެއް ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ ހަވީރު ޏ. ފުވައްމުލަކުގެ ތަޢުލީމީ މަރުކަޒުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް