ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން އެއާއެމްބިއުލާންސެއް ރާއްޖެގެނެސް ޚިދުމަތްދޭން ފަށާނެ ކަމަށް އާދަންދަ ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއްސަމަދު ވިދާޅުވެއްޖެ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ އެއާ އެމްބިއުލާންސެއް ގެނައުމަށްޓަކައި ރާއްޖެއިން ބޭރުގެ ދެ ކުންފުންޏަކާ މިހާރު ވާހަކަދައްކާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖެ ގެންނާނީ ރަންވޭއަށާއި މޫދަށް ޖެއްސޭގޮތަށް ފަރުމާކޮށްފައިވާ ސީއެމްބިއުލާންސެއް ކަމަށެވެ.

ރާއްޖެއިން ބޭރުގެ ގައުމެއްގައި އެއާ އެމްބިއުލާންސެއްގައި ފަރުވާދެނީ ----
"އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފަސް އަހަރުގެ ދައުރު ނިމޭއިރު އަޅުގަނޑުމެން އެއާ އެމްބިއުލާންސް ރާއްޖެއަށް ގެންނާނަން،" މައުމޫން ވިދާޅުވި އެވެ.
އާސަންދަ ކުންފުނިން އެއާ އެމްބިއުލާންސް އޮޕަރޭޓް ކުރުމުގެ ބަދަލުގައި އެމްއެންޑީއެފް ނޫނީ އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓް ކުރާކަހަލަ ގޮތަކަށް ހަމަޖެއްސުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
އާސަންދައިގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރިއަށް އޮތްތަނުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.