ޓްރިޕްއެޑްވައިޒަރ އިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅު ރިސޯޓަކަށް ކުރުނބާ މޯލްޑިވްސް

ކުރުނބާ މޯލްޑިވްސް. ސަން ފޮޓޯ: ފަޔާޒް މޫސާ

އެމެރިކާގެ މަޝްހޫރު ޓްރެވެލް ވެބްސައިޓެއްކަމަށްވާ ޓްރިޕްއެޑްވައިޒަރ އިން ހޮވި މިއަހަރުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ' ބެސްޓް އޯލް އިންކްލޫސިވް' ރިސޯޓަކަށް ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ކުރުނބާ މޯލްޑިވްސް ހޮވިއްޖެ އެވެ.

ފާއިތުވި 12 މަސް ދުވަހު އެ ވެބްސައިޓް މެދުވެރިކޮށް މީހުން މައުލޫމާތު ހޯދާފައިވާ ގޮތުގެ މައްޗަށް ބިނާކޮށްގެން ހޮވި ދުނިޔޭގެ އެންމެ މަގުބޫލު 25 ރިސޯޓްގެ ތެރެއިން އެއްވަނަ އަށް ކުރުނބާ މޯލްޑިވްސް ހޮވުނަސް، އެ ލިސްޓްގައި ރާއްޖޭގެ އެހެން ރިސޯޓެއް ހިމެނިފައެއް ނުވެއެވެ.

ޓްރިޕް އެޑްވައިޒަރގެ އެންމެ މަގުބޫލު ލިސްޓްގެ ދެވަނައާއި ތިން ވަނަ ލިބިފައި ވަނީ މެކްސިކޯގެ ދެ ރިސޯޓަކަށެވެ. އަދި ހަތަރުވަނަ ލިބިފައި ވަނީ ތުރުކީގެ ރިސޯޓަކަށެވެ.

ލިސްޓުގައި އެއް ގައުމަކުން އެންމެ ގިނަ ރިސޯޓް ހިމެނިފައި ވަނީ މެކްސިކޯއިންނެވެ. އެގޮތުން ލިސްޓްގައި ހިމެނޭ 25 ރިސޯޓްގެ ތެރެއިން 12 ރިސޯޓަކީ މެކްސިކޯގެ ރިސޯޓްތަކެވެ.

ކުރުނބާ މޯލްޑިވްސް އަކީ ރާއްޖެއަށް ޓޫރިރަމް ތައާރަފްވި އިރު ، ރާއްޖޭގައި އަމިއްލަ ފަރާތަކުން ހުޅުވި އެންމެ ފުރަތަމަ ރިސޯޓެވެ.

comment ކޮމެންޓް