"ހޮޓެލް ޓްރާންސިލްވޭނިއާ 2"އަށް 400 މިލިއަން ޑޮލަރުގެ ފައިދާއެއް

ސޮނީގެ "ހޮޓެލް ޓްރާންސިލްވޭނިއާ ފިލްމުން މަންޒަރެއް---

ސޮނީގެ މަޝްހޫރު އެނިމޭޓެޑް ފިލްމު "ހޮޓެލް ޓްރާންސިލްވޭނިއާ 2" އިން 400 މިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއެއް މިހާތަނަށް ލިބިފައިވާ ކަމަށް ސޮނީ އިން ބުނެފިއެވެ.

ސޮނީ އިން ބުނިގޮތުގައި ހޮޓެލް ޓްރާންސިލްވޭނިއާގެ ދެވަނަ ފިލްމު ވަނީ އޭގެ ފުރަތަމަ ފިލްމަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން 2012 ވަނަ އަހަރު ނެރުނު ފުރަތަމަ ފިލްމަށް ލިބިފައިވަނީ 358 އެމެރިކާ ޑޮލަރުގެ ކާމިޔާބީއެވެ.

ހޮޓެލް ޓްރާންސިލްވޭނިއާގެ ދެވަނަ ފިލްމު ވަނީ އެ ފިލްމު ނެރުނު ފުރަމަ ދެ ދުވަހުގެ ތެރޭގައި އެމެރިކާއިން 48 މިލިއަން ޑޮލަރުގެ ކާމިޔާބީއެއް ހޯދާފައެވެ. އެއަދަދަކީ މިހާތަނަށް ސެޕްޓެމްބަރު މަހު ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމެވެ.

ހޮޓެލް ޓްރާންސިލްވޭނިއާ އަކީ މިއަހަރު ނެރުނު އެނިމޭޓެޑް ފިލްމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމެވެ.

މިއަހަރު ނެރުނު އެނިމޭޓެޑް ފިލްމުތަކުގެ ތަކުގެ ތެރެއިން އެއްވަނައިގައި އޮތީ "މިނިއަންސް" އެވެ. ދެވަނައިގައި ވަނީ "އިންސައިޑް އައުޓް"އެވެ.

މިނިއަންސް ވަނީ މިހާރު އެއްބިލިއަންގެ މާކަށް އަރާފައެވެ. އެ ފިލްމަކީ އެއްބިލިއަން މާކުގައި ހިމެނޭ ތިން ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.

މިހާތަނަށް އެންމެ ބޮޑު ކާމިޔާބެއް ލިބިފައިވާ އެނިމޭޓެޑް ފިލްމުގެ މަގާމުގައި އަދިވެސް އޮތީ ޑިޒްނީގެ މިއުޒިކަލް "ފްރޯޒެން" އެވެ.

comment ކޮމެންޓް