މާލޭގެ ބައެއް ސަރަހައްދުތަކުން ދާދި ދެންމެ އަކު ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯގެ އެސިސްޓެންޓް ޑިރެކްޓަރު އަބްދުﷲ ނާޒިރު މިރޭ ސަން އަށް ވިދާޅުވީ ސްޓެލްކޯގެ ކުޑަ އިންޖީނަކަށް ދިމާވި މައްސަލައެއްގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ.
މިރޭ މާލެއިން ކަރަންޓު ކެނޑުނު ސަރަހައްދުތަކުގެ ތެރޭގައި މާފަންނުގެ ބައެއް ހިސާބުތަކާއި މައްޗަންގޯޅީގެ ބައެއް ހިސާބުތައް ހިމެނެއެވެ.
އޭނާ ވިދާޅުވީ މާ ގިނަ އިރުތަކެއް ނުވެ ކަރަންޓް ކެނޑުނު ސަރަހައްދު ތަކަށް އަނބުރާ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.