މިއަދު މިނާގައި ހައްޖުވެރީންނަށް ކުރިމަތިވި ހިތާމަވެރި ހާދިސާއާ ގުޅިގެން އެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ސައުދީ އަށް މިއަދު ހިލޭ ގުޅޭނެ އިންތިޒާމް އެ ކުންފުނިން ހަމަޖައްސައިފި އެވެ.
އުރީދޫން މިއަދު ބުނީ، "މައްކާގައިވާ އާއިލާ އާއި ގާތްތިމާގެ ބޭފުޅުންނަށް ފަސޭހަކަމާއިއެކު ގުޅުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން މިއަދު، 24 ސެޕްޓެމްބަރ 2015 ވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށް އުރީދޫ ހުރިހާ ކަސްޓަމަރުންނަށް ސައުދީ އަރަބިޔާ އަށް ހިލޭ ގުޅޭނެ" ކަމަށެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅު ނަމަ އުރީދޫގެ ކަސްޓަމަރ ކެއަރ ނަންބަރ 949 އަށްގުޅުއްވުމަށް ވެސް އެކުންފުނިން އެދިފައި ވެއެވެ.