އެމްއެމްއޭ އާއި ގިނަ ބޭންކުތައް އަންގާރަ ދުވަހު ހުޅުވާނެ

 އެމްއެމްއޭ: އީދު ބަންދުގައި އެމްއެމްއޭގެ އިތުރުން ގިނަ ބޭންކުތައް ހުޅުވާނެ

އީދު ބަންދަށް އަންނަ ހަފްތާ އެއްކޮށް ބަންދުކުރަން ނިންމާފައިވީ ނަމަވެސް އަންގާރަ ދުވަހު ބޭންކިންގެ ހިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ބުނީ މިމަހު 22 ވާ އަންގާރަ ދުވަހު އެމްއެމްއޭ އިން ބޭންކިންގެ ހިދުމަތް ލިބޭނެ ކަމަށެވެ. އެގޮތުން ފައިސާ ބަލައިގަތުމާއި ފައިސާ ދޫކުރުމުގެ ހިދުމަތް އަންގާރަ ދުވަހު ހެނދުނު 8:30 އިން ފެށިގެން 2:00 ލިބޭނެ ކަމަށާއި ސިޓީއާއި ތަކެތި ބަލައިގަތުމުގެ ހިދުމަތް ހެނދުނު 8:30 އިން ފެށިގެން 3:00 އަށް ލިބޭނެ ކަމަށެވެ.

އެމްއެމްއޭގެ ގަވާއިދުގައިވާ ގޮތުން ގިނަވެގެން ފަސް ދުވަސް ވަންދެން ބޭންކިންގެ ހިދުމަތްދޭ އެއްވެސް ތަނެއް ބަންދުކޮށްފައި ނުބެހެއްޓޭނެ އެވެ.

އެގޮތުން އަންނަ އަންގާރަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެއިން ބްރާންޗުން ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ. އޭގެ އިތުރުން ބަންދު ދުވަސްތަކުގައި ބޭންކްގެ ސެލްފް ސާވިސް ބޭންކިން 8 ޔުނިޓް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނަގާ އަދި ޖަމާކުރެވޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެ އެވެ.

އިސްލާމިކް ބޭންކް ވެސް އަންނަ އަންގާރަ ދުވަހު ހެނދުނު 8:30 އިން ފެށިގެން މެންދުރު 2:00 އާއި ހަމައަށް ހުޅުވައި، ހިދުމަތްތައް ދިނުމަށް އެ ބޭންކުން ވަނީ ނިންމާފަ އެވެ. އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި ސިލޯން ބޭންކުން ވެސް އެދުވަހު ހިދުމަތް ދޭނެ ކަމަށްވެ އެވެ.

comment ކޮމެންޓް