ކުރީގެ ނާއިބު ރައީސް ޖަމީލުގެ އާއިލާ އިނގިރޭސިވިލާތަށް ބަދަލުކޮށްފި

ޑރ. ޖަމީލު ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ -- ސަން ފައިލް ފޮޓޯ

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދުގެ އާއިލާ އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކޮށްފި އެވެ.

ޖަމީލުގެ އާއިލާގެ ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ސަން އަށް ވިދާޅުވީ ޖަމީލުގެ އަނބިކަނބަލުން ހައުލަތު ފަހީމް އާއި ތިން ބޭފުޅުން ލަންޑަނަށް ބަދަލުވެވަޑައިގެންފައި ވަނީ މި މަހު5ގައި ކަމަށެވެ.

ޖަމީލު މިދިޔަ ޖޫން މަހު ރާއްޖެ ދޫކުރައްވައި ވަޑައިގަތުމަށް ފަހު، އަދި ރާއްޖެ ވަޑައެއް ނުގަންނަވަ އެވެ. އެ މަނިކުފާނު އޭރު ފުރަތަމަ ސްރީލަންކާ އަށް ފުރާވަޑައިގަތީ، އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ޕީޕީއެމް މަޖިލިސް މެމްބަރުން ފާޅުގައި ވަކާލާތުކުރައްވަަމުން ދަނިކޮށް، ބޭސްފަރުވާ އަކަށް ކަމަށް ވިދާޅުވެ އެވެ. ނަމަވެސް ބޭސްފަރުވާ އަށް ފަހު، ރާއްޖެ ވަޑައިނުގެން، އެ މަނިކުފާނު ވަޑައިގަތީ އިނގިރޭސި ވިލާތަށެވެ.

ޖަމީލް މަގާމުން ވަކިކުރީ، މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރައްވާ ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް އެ ތުހުމަތުތަކަށް ޖަމީލު އިންކާރު ކުރައްވަ އެވެ.

comment ކޮމެންޓް