އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް މިއަހަރު ބޯނަސް ދެނީ

މޯލްޑިވިއަން ފްލައިޓެއްގައި ކެބިން ކްރޫންތަކެއް ހިދުމަތުގައި-- ފޮޓޯ/ އައިލެންޑް އޭވިއޭޝަން

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ މުއައްޒަފުންނަށް މިއަހަރު ބޯނަސް ދޭން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރު ކުންފުނީގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ އެގޮތަށް ނިންމާފައި ވަނީ ރޭ ބޭއްވި އެ ކުންފުނީގެ ބޯޑުމެންބަރުންގެ އޭޖީއެމްއަކުން ކަމަށެވެ.

ނަމަވެސް ބޯނަސްގެ ގޮތުގައި ދެނީ ކިހާ ފައިސާއެއް ކަމެއް ނަޝާތު ހާމައެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ ކަނޑައެޅިފައިވާ ގޮތަށް ދެމަސްތެރޭ ބޯނަސްދީ ނިންމާނެ ކަމަށެވެ.

އައިއޭއެސްގެ މުވައްޒަފުންނަށް އެންމެ ފަހުން ބޯނަސް ދީފައި ވަނީ 2011 ވަނަ އަހަރު އެވެ.

comment ކޮމެންޓް