ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ބައިނަލްއަގުވާމީ މުއާހަދާ ދިވެހިބަހަށް ތަރުޖަމާ ކުރަނީ

މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ބައިނަލްއަގުވާމީ މުއާހަދާ، ކުޑަކުދިންނާ އެކަށޭނަގޮތަކަށް ދިވެހިބަހުން އެކުލަވައިލަން ނިންމައިފި އެވެ.

އެކަން ކުރަނީ ޗައިލްޑް އެޑްވޮކަސީ ނެޓްވޯކް އޮފް ޑިސްއެބިލިޓީ އޯގަނައިޒޭޝަން (ކޭންޑޫ) އާއި އާކް ގުޅިގެންނެވެ. އެކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ އެ ދެފަރާތުން ސޮއިކޮށްފައެވެ.

މޫކައި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ކޭންޑޫގެ ފަރާތުން ސޮއިކުރެއްވީއާކްގެ ފަރާތުން ސޮއިކުރެއްވީ އާކްގެ އެގްޒެކެޓިވް ޑިރެކްޓަރު ޒެނީޝާ ޒަކީ އެވެ. ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ޑައިރެކްޓަރު ނައުޝަން މުހައިމިން އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން އާކްގެ އެގްޒެކެޓިވް ޑިރެކްޓަރު ޒަނީޝާ ވިދާޅުވީ ސްކޫލް ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމާޒުކޮށްގެން ހައްގުތަކާބެހޭގޮތުން ހޭލުންތެރި ކުރުވުމުގެ ސެޝަންތައް ބޭއްވުން މުހިންމު ކަމަށެވެ. އަދި ކޭންޑޫ މެދިވެރިކޮށް އެފަދަ ގިނަ މަސައްކަތްތަކެއް އެ ނެޓްވޯކްގެ މެންބަރުން އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން ގެންދިއުމަށް އުންމީދުކުރައްވާ ކަމަށް ވިދަޅުވި އެވެ.

ކެއާ ސޮސައިޓީއާ އެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެންމެހާ މަސައްކަތްތަކަކީ 2014 ވަނަ އަހަރު އާންމުންނަށް ހުޅުވާލައިގެން އާކްއިން ކުރިއަށްގެންދިޔަ "ކޭންޑޫ ކޮމިއުނިޓީ ޗެލެންޖް" އަށް ލިބުނު ފައިސާ އިން ކުރިއަށްގެންދާނެ މަސައްކަތްތަކެއް ކަމަށް އެ އާކް އިން މައުލޫމާތުދެ އެވެ.

comment ކޮމެންޓް