ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރު ކަމަށް ސ. ހިތަދޫ، ޝުމައިސް، ނައިވީން އަބްދުﷲއާ ރ. ކަނދޮޅުދޫ ހުސްނުހީނާގޭ މޫސާ އަލީ ކަލެފާނު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފި އެވެ.
ނައިވީން އެ މަގާމަށް އައްޔަން ކުރެއްވީ 60 މެމްބަރުންގެ ވޯޓުން ނެވެ. އަދި މޫސާ އަލީ ކަލޭފާނު އެ މަގާމަށް އައްޔަން ކުރެއްވީ 45 މެމްބަރުންގެ ވޯޓުން ނެވެ.
މޫސާ އަލީ ކަލޭފާނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ އިރު އޭނާ އަށް ރުހުން ނުދޭން ކޮމެޓީން ވަނީ ނިންމަވާފައި އެވެ. އޭނާ އަށް ރުހުން ނުދިނުމަށް ކޮމެޓީން ނިންމީ މޫސާ އަލީ ކަލޭފާނުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައާ މެދު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ގޮތެއް ނުނިންމާތީ އެވެ.
އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅެއްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާ އިރު މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެކޮމިޝަނުގެ މެމްބަރު ކަމަށް ތިން ބޭފުޅަކު ރައީސް އަބްދުﷲ ޔާމީން ވަނީ އައްޔަން ކުރައްވާފައި އެވެ.