34 އަހަރަށް ފަހު އަބްދުލްގަފޫރު އެމްއެމްއޭ އިން ފިނޭންސް އަށް ބަދަލުކޮށްފި

ފިނޭންސް މިނިސްޓަރު ޖިހާދާއި އަބްދުލްގަފޫރު-- ސަން ފޮޓޯ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އުފެދުނީންސުރެ މަަސައްކަތް ކުރަމުންގެން ދިޔަ އަބްދުލް ގަފޫރު އަބްދުލް ލަތީފް ފިނޭންސް މިނިސްޓްރީ އަށް ބަދަލުކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެމްއެމްއޭގެ އެސިސްޓެންޓް ގަވަރުނަރުގެ މަގާމުގައި ހުންނެވި އަބްދުލް ގަފޫރު ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ފިނޭންސް މިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ބަދަލުކޮށްފަ އެވެ.

އަބްދުލް ގަފޫރަކީ 1981 ވަނަ އަހަރު އެމްއެމްއޭ އުފެދުނީއްސުރެ އެ އޮތޯރިޓީގައި ވަޒީފާ އަދާ ކުރަމުންގެންދެވި ސީނިއާ މުވައްފިޒެކެވެ.

އޭނާއާ އެކު ފިނޭންސް މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި މިހާރު ފަސް ބޭފުޅުން އެބަތިއްބެވެ.

comment ކޮމެންޓް