ދަގަނޑޭ ކާމިޔާބު ކުރި ލަނޑުން މޮޅުވެ ޕީޑީއާރްއެމް ހަ ވަނައިގައި ލީގު ނިންމާލައިފި

ރޭގެ މެޗްގައި ލަނޑު ޖެހުމަށްފަހު ދަގަނޑޭ އުފާކުރަނީ --- ފޮޓޯ/ އޭޝިއާނާ އެމްވައި

މެލޭޝިއާގެ ޕީޑީއާރްއެމަށް ކުޅެމުންގެންދާ ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ކަމިޔާބު ކުރި ލަނޑާއެކު މޭލޭޝިއާގެ އާމްޑް ފޯސް ޓީމް (އޭޓީއެމް އެފްއޭ) ގެމައްޗަށް 3-2 ގެ ނަތީޖާއަކުން ކުރި ހޯދައި ހަ ވަނައިގައި އޮވެ ޕީޑީއަރްއެމް ސްޕަ ލީގް ނިންމާލައިފިއެވެ.

މެޗްގައި ޕީީޑއާރްއެމް މޮޅުވި ލަނޑު ދަގަނޑޭ ކާމިޔާބު ކުރީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައި ވަނިކޮށެވެ.

މިލަނޑާއެކު ދަގަނޑޭ އުޅެނީ ލީގްގެ ލަނޑު ލިސްޓްގެ ހަތަރު ވަނައިގައެވެ. އޭނާ ވަނީ ލީގްގައި 10 ލަނޑު ޖަހާފައެވެ.

ލީގްގެ ލަނޑު ލިސްޓްގެ އެއް ވަނައިގައި އުޅެނީ 19 ލަނޑު ޖެހި ޕީީޑީއާރްއެމްގެ މާލީގެ ފޯވަޑް ޑްރެމާނޯ ޓްރެއާއޯއެވެ.

ރޭގެ މެޗްގައި އޭޓީއެމްގެ ކުޅުންތެރިއެއްގެ ކައިރިން ބޯަޅަ ނައްޓާލަން ދަގަނޑޭ މަސައްކަތް ކުަރަނީ --- ފޮޓޯ/ އޭޝިއާނާ އެމްވައި

މިރޭ ކުޅުނު މެޗްގައި ފުރަތަމަ ލަނޑު ޖެހީ އޭޓީއެމްއިންނެވެ. މެޗްގެ ނުވަ ވަނަ މިނެޓްގައި އެޓީމަށް ލަނޑު ކާމިޔާބުކޮށްދިނީ ހޮންޑިއުރަސްގެ ޖެރީ ޕެލާސިއޯސްއެވެ.

ޕީޑީއާރްއެމުން އެއްވަރު ކުރި ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ 29 ވަނަ މިނެޓްގައި އާމިރުއްދީންއެވެ.

މެޗްގައި ފުރަތަމަ ފަހަރަށް ޕީީޑއާރްއެމުން ލިޑް ނެގީ 43 ވަނަ މިނެޓްގައި ޓްރެއާއޯއެވެ.

ޕީީޑީއާރްއެމް މޮޅުވި ލަނޑު ދަގަނޑޭ ކާމިޔާބު ކުރީ 64 ވަނަ މިނެޓްގައެވެ.

މިރޭގެ މެޗްގައި ލަނޑު ޖެހުމަށްފަހު ޕީީީޑީއާރްއެމްގެ ކުޅުންތެރިންނާއެކު ދަގަނޑޭ އުފާކުަރަނީ --- ފޮޓޯ/ އޭޝިއާނާ އެމްވައި

ޕީީޑީއާރްއެމުން ހަވަނައިގައި އޮތީ ކުޅުނު 22 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެ ދެ މެޗުން އެއްވަރުވެ 9 މެޗުން ބަލިވެ 35 ޕޮއިންޓާއެކުއެވެ.

މިއަހަރުގެ ލީގް ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރުގެވެސް ޗެމްޕިއަން ޖޯހޯރްއެވެ. އެޓީމަށް ލިބިފައިވަނީ 46 ޕޮއިންޓެވެ. ލީގް ޗެމްޕިއަންކަން ކަށަވަރު ވުމާއެކު އެޓީމް ވަނީ އޭއެފްސީ ޗެމްޕިއަންސް ލީގްގެ ކޮލިފިކޭޝަނަށް ހޮވިފައެވެ.

ލީގްގެ ދެ ވަނަ ހޯދީ 44 ޕޮއިންޓް ހޯދި ޕާހަންގް އެފްސީއެވެ. ލީގްގެ ދެ ވަނަ ލިބުމުން މިއަހަރު އޭއެފްސީ ކަޕްގައި ކުޅުނު ޓީމަށް އޭއެފްސީ ކަޕް ޖާގައެއް ކަށަވަރުވަނީ ޕްލޭއޮފް ކުޅެގެންނެވެ.

comment ކޮމެންޓް