ޓީއެމްއޭގެ ސީޕްލޭންތަކުގައި ވިޒިޓް މޯލްޑިވްސް އިޔާގެ ލޯގޯ ޖަހައިފި

ޓީއެމްއޭގެ ސީޕްލޭނެއްގައި "ވިޒިޓް މޯލްޑިވްސް އިޔާ 2016"ގެ ލޯގޯ ޖަހާފައި -- ސަން ފޮޓޯ: އަލީ ނަސީރު

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ ސީޕްލޭން ތަކުގައި "ވިޒިޓް މޯލްޑިވްސް އިޔާ 2016"ގެ ލޯގޯ ޖަހައިފި އެވެ.

އެ ލޯގޯއަކީ 2016 ވަނަ އަހަރު ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު 1.5 މިލިއަނަށް ހެދުމަށް ކުރިއަށްގެންދާ ކެމްޕޭނުގެ ލޯގޯ އެވެ.

ޓީއެމްއޭގެ އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ ސީޕްލޭން ތަކުގައި "ވިޒިޓް މޯލްޑިވްސް އިޔާ 2016"ގެ ލޯގޯ ޖެހުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: އަލީ ނަސީރު

ޓީއެމްއޭގެ ސީޕްލޭންތަކުގައި އެ ލޯގޯ ޖަހަން ނިންމާފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގުޅިގެންނެވެ.

ޢެކަމަށްޓަކައި މިއަދު ހަވީރު އެއާޕޯޓުގައި ހުންނަ ޓީއެމްއޭގެ ޓާމިނަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެމްއެންޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވިދާޅުވީ، ޓީއެމްއޭއިން އެ ކުންފުނީގެ ސީޕްލޭން ތަކުގައި ލޯގޯ ޖެހުމަކީ އެ ކެމްޕެއިން ކާމިޔާބު ކުރުމަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ.

ޓީއެމްއޭގެ އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ ސީޕްލޭން ތަކުގައި "ވިޒިޓް މޯލްޑިވްސް އިޔާ 2016"ގެ ލޯގޯ ޖެހުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: އަލީ ނަސީރު

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓީއެމްއޭގެ ޗެއާމަން ރިޗާޑް ސަރްމަނާ ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު 1.5 މިލިއަނަށް އެރުވުމުގައި އެ ކުންފުނީގެ ފަރާތުން ވެދެވެން އޮތް އެހީތެރިކަމެއް ވެދެއްވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"ޓީއެމްއޭއަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި މުހިންމު ރޯލެއް އަދާކުރާ ކުންފުންޏެއް. އަޅުގަނޑު ދަންނަވާނީ އަޅުގަނޑުނެނަށް މިކަމުގައި ވެވުނު އެހީތެރިކަމެއް ވެދޭނަމޭ. އަޅުގަނޑުމެން އެންމެން އެކީގައި މަސައްކަތްކޮށް މި އަމާޒަށް ވާސިލްވަމާ ހިނގާށޭ،" ރިޗާޑް ވިދާޅުވި އެވެ.

ޓީއެމްއޭގެ އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ ސީޕްލޭން ތަކުގައި "ވިޒިޓް މޯލްޑިވްސް އިޔާ 2016"ގެ ލޯގޯ ޖެހުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: އަލީ ނަސީރު

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރުކަމުގެ މަގާމުގައި އޮތް ޓީއެމްއޭގައި ޖުމްލަ 45 ސީިޕްލޭން އޮޕަރޭޓްކުރެ އެވެ.

comment ކޮމެންޓް