ވެލިބަރުކޮށްގެން ތިލަފުށްޓައް ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ

ވެލިބަރުކޮށްގެން ތިލަފުށްޓަށް ދިޔަ ދޯނި އަޑިއަށް ދަނީ: ވީޑިއޯ ސްކްރީން ޝޮޓެއް

ވެލިބަރުކޮށްގެން ތިލަފުށްޓަށް ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ.

ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ އެ ހާދިސާ ހިނގީ މިއަދު 11:15 ހާއިރު ކަމަށާއި ދޯނި އަޑިއަށްދާން ފެށުމުން އޭގައި ތިބި މީހުން މޫދަށް ފުންމާލި ކަމަށެވެ. އެ ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް ސާފެއް ނުވެ އެވެ. އަދި އެވަގުތު އެ ދޯނީގައި ތިބީ ކިތައް މީހުން ކަމެއް ވެސް ސާފެއް ނުވެ އެވެ.

ސަން އަށް ލިބިފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ވެލިބަރުކޮށްގެންދިޔަ ދޯނި އަޑިއަށްދާން ފެށީ ތިލަފުށީ ކޯސްޓުލައިން ޖެޓީއާ ދިމާލުންނެވެ. އަދި ދޯނީގެ ކޮޅުފަސްކޮޅާއި ދިމާލުން އަޑިއަށްދާން ފެށުމުން އޭގައި ތިބި މީހުން މޫދަށް ފުންމާލަ އެވެ. އެދޯނި އަޑި އަށް ދިޔައިރު ކަނޑުމަޑުވެފައި، މޫސުން ވެސް އޮތީ ރީތި ކޮށެވެ. ބެލެވޭ ގޮތުގައި ދޯނި އަޑިއަށް ދިޔައީ އޯވަލޯޑް ވެގެންނެވެ. އަދި ދޯނި އަޑިއަށް ދިޔަ ވަގުތު އެ ދޯންޏާއި ކައިރީގައި އެހެން ދޯންޏެއް ވެސް އޮތެވެ.

ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ އެ ދޯންޏަކީ ދަ ހޯކްސް ކުންފުނީގެ ވެލިނަގާ ދޯންޏެއް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް