ގްރޫޕް ހަދައިގެން ބަދުއަހުލާގީ އަމަލު ހިންގަން ތިބި ބަޔަކު ލ. ގަމުން ހައްޔަރުކޮށްފި

ލ. ގަން: ގްރޫޕް ހަދައިގެން ބަދުއަހުލާގީ އަމަލު ހިންގަން ތިބި ބަޔަކު އެރަށުން ވަނީ ހައްޔަރުކޮށްފައި

ގްރޫޕް ހަދައިގެން ބަދުއަހުލާގީ އަމަލު ހިންގަން ތިބި ބަޔަކު ލ. ގަމުން ދާދި ދެންމެއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގްރޫޕް ހަދައިގެން ބަދުއަހުލާގީ އަމަލު ހިންގަން ތިބީ ދެ ފިރިހެނުންނާއި އަންހެނެއް ކަމަށެވެ. ނަމަވެސް އެމީހުންގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

"ގެސްޓް ހައުސްއެއްގެ ތެރޭގައި ގްރޫޕް ހަދައިގެން ބަދުއަހުލާގީ އަމަލު ހިންގަން ތިބި ތިން މީހަކު މިރޭ ވަނީ ހައްޔަރުކޮށްފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ، އެމީހުން ތިބިތަން ބަލައި ފާސްކުރި އިރު، ބަދުއަހުލާގީ އަމަލު ހިންގަން ބޭނުންކުރާ ބައެއް ސާމާނު އެތަނުން ފެނިފައިވާ ކަމަށެވެ.

މިހާރުވެސް އެތަން އިތުރަށް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

comment ކޮމެންޓް