ގްލޯބަލް ކޮންފަރެންސް އޮން އެންޓި ކޮރަޕްޝަން ރިފޯމް އިން ސްމޯލް އައިލެންޑް ސްޓޭޓްސް ގައި އޭސީސީ ބައިވެރިވެއްޖެ

ގްލޯބަލް ކޮންފަރެންސް އޮން އެންޓި ކޮރަޕްޝަން ރިފޯމް އިން ސްމޯލް އައިލެންޑް ސްޓޭޓްސް ކޮންފަރެންސުގެ ތެރޭން -- ފޮޓޯ: އޭސީސީ

މި އޮގަސްޓް މަހުގެ 17 އިން 21 އަށް މޮރިޝަސްގައި ކުރިއަށް ގެންދާ "ގްލޯބަލް ކޮންފަރެންސް އޮން އެންޓި ކޮރަޕްޝަން ރިފޯމް އިން ސްމޯލް އައިލެންޑް ސްޓޭޓްސް ކޮންފަރެންސުގައި ދިވެހިރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ބައިވެރިވެއްޖެ އެވެ.

އެ ކޮންފަރެންސުގައި އޭސީސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮމިޝަންގެ ނައިބު ރައީސް މުޢައްވިޒް ރަޝީދާއި ކޮމިޝަންގެ މެންބަރު ޔަޒްމީދު މުހައްމަދު އެވެ.

އެ ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ސްމޯލް އައިލެންޑްސް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ދަށުން ހިމެނޭ ގައުމުތަކުގެ ޔޫއެންސީއޭސީ ގެ ފުރަތަމަ ބުރުގެ ރިވިއުއަށްފަހު، އެ ގައުމުތަކަށް ދިމާވާ ދަތިތަކާއި ބޭނުންވާ ފަންނީ އެހީތެރިކަމާއި އަދި ޔޫއެންސީއޭސީ އުސޫލުތައް ތަންފީޒުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުން މަޝްވަރާކުރުމެވެ.

އެ ކޮންފަރެންސުގައި މިއަދު ކުރިއަށްދާ "އިމްޕްލިމެންޓިން ޔޫއެންސީއޭސީ ރިކަމަންޑޭޝަން އެކްޝަން ޕްލޭން އެންޑް ނެޝަނަލް ސްޓްރެޓަޖީސް ގެ ސެޝަން"ގައި އެންޓި ކޮރަޕްޝަން ސްޓްރެޓަޖީ 2010-2014 ތަންފީޒު ކުރުމާއި އެ މަސައްކަތް ކުރި ގޮތާއި 2015-2020 އަށް އޭސީސީގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރެވުނު ގޮތާއި ތަންފީޒު ކުރުމުގެ ހަރަކާތްތައް ކުރިއަށްދާ ގޮތާ ބެހޭގޮތުން އޭސީސީން ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅާފަ އެވެ.

ޕްރެޒެންޓޭޝަން ހުށަހަޅައިދިނީ ކޮމިޝަންގެ ނައިބު ރައީސް އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް