ޕާޓީއަކުން ކައިގެން ހުޅުމީދޫގައި 20 މީހަކު ކާނާވިހަވެއްޖެ

އައްޑޫ ސިޓީގެ ހުޅުމީދޫ: ޕާޓީއަކުން ކައިގެން އެރަށުގައި 20 މީހަކު ވަނީ ކާނާ ވިހަވެފައި

އައްޑޫ ސިޓީގެ ހުޅުމީދޫގައި ބަޔަކު ބޭއްވި ޕާޓީއަކުން ކައިގެން އެ ރަށުގެ 20 މީހަކު ކާނާވިހަވެއްޖެ އެވެ.

އެ 20 މީހުން ވެސް ވަނީ ހުޅުމީދޫ ސިއްހީ މަރުކަޒުން ފަރުވާ ހޯދައިފަ އެވެ. ހުޅުމީދޫ ސިއްހީ މަރުކަޒު ހިންގެވުމާ ހަވާކުވެ ހުންނެވި އިބްރާހިމް ދީދީ މިއަދު "ސަން" އަށް ވިދާޅުވީ، ޕާޓީން ކެއުމަށް ފަހު 20 މީހަކަށް ބޭރަށް ހިންގައި ހޮޑުލެވުން ފަދަ ކަންކަން ދިމާވެފައިވާ ކަމަށެވެ.

އެ 20 މީހުން ވެސް ސިއްހީ މަރުކަޒުން ފަރުވާ ހޯދި އިރު، އެއިން 10 މީހަކު އިތުރަށް އޮބްޒާވް ކުރުމަށް އެޑްމިޓް ކުރިކަމަށާއި ނަމަވެސް މިހާރު އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ ތިން މީހަކަށް ކަމަށެވެ.

"ތިން މީހަކު މިހާރު އެޑްމިޓް ކޮށްގެން ފަރުވާދެމުން މި އަންނަނީ. އެކަމަކު އެމީހުންގެ ހާލު ސީރިއަސް އެއްނޫން،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.

އެ ޕާޓީއަކީ އެ ރަށުން ހައްޖަށް ފުރަން އުޅެ ބަޔަކު އެކަމާ ގުޅިގެން ރަށު މީހުންނަށް ދިން ކެއުމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ކާނާ ވިހަވި މީހުންނަށް ސުވާލުކޮށް ކެއީ ކޮން އެއްޗެއްކަން ބެލި ބެލުމުން، ކާނާ ވިހަވެފައި ވަނީ ތަރުކާރީގެ ބާވަތްތަކެއް ކައިގެންކަމަށް ބެލެވޭ ކަމަށެވެ.

comment ކޮމެންޓް