ނައިބު ރައީސް މޯލްޓާގެ ރައީސާއާ ބައްދަލު ކުރައްވައިފި

ނައިބު ރައީސް އަހުމަދު އަދީބު މޯލްޓާގެ ރައީސާ އާއި ބައްދަލުކުރައްވަނީ -- ފޮޓޯ: އަދީބު ޓްވިޓާ

ނައިބު ރައީސް އަހުމަދު އަދީބު މޯލްޓާގެ ރައީސާ އާއި ބައްދަލުކޮށް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމުގެ ސިޓީ އެއް އަރުވައިފި އެވެ.

ނައިބު ރައީސް މޯލްޓާ އަށް ވަޑައިގަތީ މިސްރުގެ ދެ ވަނަ ސުއޭޒް ކެނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށް މިސްރަށް ކުރެއްވި ދަތުރުފުޅަށް ފަހުއެވެ. މިއީ އެމަނިކުފާނު ނައިބު ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރަސްމީ ދަތުރުފުޅެއްގައި ގައުމަކަށް ވަޑައިގެންނެވި ދެ ވަނަ ފަހަރެވެ.

ނައިބު ރައީސަށް މިސްރުގެ ކައިރޯ އިންޓަނޭޝަނަލް އެއާޕޯޓުން އަލްވަދާއު ވިދާޅުވީ، މިސްރުގެ މިނިސްޓާ އޮފް ޓެކްނިކަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިން މުހައްމަދު ޔޫސުފެވެ.

comment ކޮމެންޓް