މިއަދު ހެނދުނުން ފެށިގެން މެންދުރުފަހު 3:00އާ ދެމެދު މާލެއިން ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

މިނިވަން 50އަށް މާލެ ދިއްލާލާފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ\

ކަރަންޓު އުފެއްދުމަށް ދިމާވި މައްސަލަ ރަނގަޅުކޮށް ކުރީގެ ހާލަތަށް ގެނެވެންދެން މިއަދު ހެނދުނުން ފެށިގެން މެންދުރުން އަނބުރާ ތިނަކާ ދެމެދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ވަނީ ކަރަންޓު ކެނޑޭ ސަރަހައްދުތަކުގެ މައުލޫމާތު އެކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

ސްޓެލްކޯ އިން ބުނީ މައްސަލަ ހައްލުވަންދެން ކަރަންޓު ކެނޑޭ ސަރަހައްދުތަކުގެ މައުލޫމާތު ކޮންމެ ދުވަހަކު ސައިޓަށް އަޕްޑޭޓް ކުރާނެކަމަށެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިވާމާ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް