މާލެ ސަރަހައްދުގެ މޫސުން ޖުލައި 26 އަށް ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ

މިނިވަން 50 އަށް މާލެ ޒީނަތްތެރިކޮށްފައި-- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުރޭ މުނާސަބާ ފާހަގަ ކުރާ ދުވަހު، "ޖުލައި 26" ގައި މާލެ ސަރަހައްދަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރަކަށްވާއިރު މެޓް އޮފީހުގެ އިސް އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދަށް މޫސުން ރަނގަޅު ކަމަށެވެ.

"ވައިވެސް ވަރަށް މަޑުވާނެ ކަމަށް ދައްކަނީ. މާލެ ސަރަހައްދަށް 30 ވަނަ ދުވަހާއި ހަމައަށް މޫސުން ރަނގަޅު ކަމަށް ދައްކަނީ،" މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.

އެ ތިން ދުވަހު މާލެ ސަރަހައްދަށް މޫސުން ރަނގަޅުވި ނަމަވެސް ރާއްޖޭގެ އުތުރާއި ދެކުނަށް ކޮންމެ ވެސް ވަރަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ކުލަ ގަދަ ހަރަކާތްތަކެއް މާލޭގައި ހިންގުމަށް ވަނީ ނިންމާފަ އެވެ. އެ ދުވަހުގެ ހާއްސަ ޖަލްސާ ވެސް ބޭއްވުމަށް ނިންމާފައި ވަނީ އުސްފަސްގަނޑުގަ އެވެ.

comment ކޮމެންޓް