ސިއްހީ ދާއިރާގެ އެވޯޑުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ދ. ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަލް:އަހުމަދު ޖައިޝަން

ސިއްހަތު ދުވަހާ ގުޅިގެން ހާއްސަ އިނާމްތަކެއް ތައާރަފް ކުރުމަށް ސަރުކާރުން ނިންމައި އެއިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހެލްތު މިނިސްޓްރީ އިން މިއަދު ބުނީ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކާއި އަދި ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން އިނާމަށް ކުރިމަތި ލުމަށް ހުޅުވާލާފައިވާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ދުވަހު ދޭ އެ އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު މި އަހަރުގެ ނިޔަލަށް ހުޅުވާލާފައިވާ އިރު އެވޯޑްދޭ ދާއިރާ ތަކަކީ--

1) "އަތޮޅު ތެރޭގައި އެންމެ ރަނގަޅަށް ހިދުމަތްދެވޭ ހޮސްޕިޓަލަކަށް އަދި ސިއްހީ މަރުކަޒަކަށް ދެވޭ އެވޯޑް"

2) "ފާހަގަ ކޮށްލެވޭ ފަދަ ހިދުމަތެއް ސިއްހީ ދާޢިރާއަށް ކޮށްދީފައިވާ އަމިއްލަ ފަރާތްތަކަށް ދެވޭ އެވޯޑް

3) ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން އެންމެ ރަނގަޅަށް މަސައްކަތްކުރާ ހޮސްޕިޓަލެއް ނުވަތަ ސިއްހީ މަރުކަޒަކަށް ދެވޭ އެވޯޑް

އެ އެވޯޑު ދޭން ނިންމައި އެކަން އިއުލާން ކޮށްފައި ވަނީ މިދިޔަ އަހަރު ބޭއްވި ސިއްހަތު ދުވަހު އެވެ. މިއީ ރާއްޖެ އިން އެގޮތަށް ދެވޭ އެންމެ ބޮޑު އެވޯޑެވެ.

comment ކޮމެންޓް