ޖޭޕީގެ ލީޑަރު ގާސިމް ރާއްޖެ ވަޑައިގެންފި

ގާސިމް މިއަދު ރާއްޖެ ވަޑައިގެން އެއާޕޯޓުގައި-- ފޮޓޯ: ފޭސްބުކް

ދެތިން މަސް ދުވަހު ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެ ވަޑައިގެންފި އެވެ.

ޖުމްހޫރީ ޕާޓީ އިން ޔަގީން ކޮށްދޭ ގޮތުގައި ގާސިމް ރާއްޖެ ވަޑައިގެންފައި ވަނީ މިއަދު ހެނދުނު ފުލައިޓަކުންނެވެ.

ޖޭޕީ އިން ބުނީ ގާސިމް އެވަޑައިގަތީ ތައިލެންޑާއި ޖަރުމަނަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ކަމަށެވެ.

ގާސިމް ރާއްޖެ އިން ބޭރަށް ވަޑައިގަތީ އޭނާގެ ވިލާ ކުންފުނީގެ އެކައުންޓްތަކެއް ފުރީޒް ކުރުމާ އެކު ކަހަލަ ގޮތަކަށެވެ. ނަމަވެސް އެކުންފުނީގެ އެކަންޓްތައް މިހާރު ވަނީ ފައިސާ ދައްކަން އެއްބަސް ވުމުން ދޫކޮށްލާފަ އެވެ.

ރާއްޖެ އިން ބޭރުގައި ހުންނެވި އިރު ގާސިމް ވަނީ ކުރިން އޭނާ ގެންގުޅުއްވި ސިޔާސަތުތައް ބަދަލުކުރައްވައިފަ އެވެ. ހާއްސަކޮށް އޭނާ ވަނީ ރައީސްކަން ކުރެވޭ އެންމެ ދޮށީ އުމުރަކީ 65 އަހަރަށް ހެދުމަށް ދެކޮޅު ހަދާފަ އެވެ. ނަމަވެސް ފަހުން އެއިސްލާހަށް ތާއީދު ކުރައްވާފައިވެ އެވެ.

comment ކޮމެންޓް